ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-B/2013/19
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 2038
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ކުދި އައިސްޕްލާންޓް ގަތުމަށާއި މަސްދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ހަރުކުރުމަށާއި މަސްފިނިކުރާ (ކުދި) ނިޒާމް ގާއިމު ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އިތުރުކުރުން

ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ކުދި އައިސްޕްލާންޓް ގަތުމަށާއި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ހަރުކުރުމަށާއި މަސްފިނިކުރާ (ކުދި) ނިޒާމު ގާއިމުކުރުމަށް އެދޭ ފަރާތްތަކަށް 28 ޖެނުއަރީ 2013 ގައި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލި މުއްދަތު 28 މާޗް 2013 އަށް ހަމަވުމާގުޅިގެން އެލޯނަށް އެދުމަށް އިތުރުފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް 02 މަސްދުވަސް އިތުރުކޮށް 31 މާޗް 2013 ގައި ހުޅުވާލައިފީމެވެ.  

 

މިފިޔަވައްސަކީ މަސްވެރިން ބާނާމަސް، މަސް ގަންނަ އުޅަނދުފަހަރަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވެންދެން، ތާޒާކަންމަތީގައި މަސްދޯނިފަހަރުގައި މަސް ބެހެއްޓުމަށްޓަކައި އައިސް ފޯރުވައިދިނުމަށާއި މަސްދޯނިފަހަރުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަގު މަސްވެރިންނަށާއި އޮޑިވެރިންނަށް ފަހިކޮށްދިނުމަށްޓަކައި ހިންގާ ފިޔަވައްސެކެވެ.  މިފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯން ފައިސާ ބޭނުންކުރަންވާނީ ހަމައެކަނި، އައިސްޕްލާންޓާއި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ހަރުކުރުމަށާއި މަސްފިނިކުރާ (ކުދި) ނިޒާމު ގާއިމުކުރުމަށްޓަކައި ގަންނަންޖެހޭ މެޝިނަރީޒާއި ތަކެއްޗާއި މިނިޒާމުތައް ޤާއިމުކުރުމަށްޓަކައި ހޯދަންޖެހޭ ޚިދުމަތްތަކަށް އަގު އަދާކުރުމަށެވެ.

 

މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު ސަރުކާރުގެ ރަސްމީގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބުރާންޗުންނާއި  އެބޭންކުގެ ރާއްޖެތެރޭގެ ބުރާންޗްތަކުން ލިބެން ހުންނާނެއެވެ.

 

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 30 މެއި 2013 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗުންނާއި އެބޭންކުގެ ރާއްޖެތެރޭގެ ބުރާންޗްތަކުންނެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތު ނިމުމުން ވަޒަންކުރުމަށްފަހު މިފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.  އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠު ހަމަވާ ފޯމުތައް ވަޒަންކުރެވޭނީ ލޯނަށްއެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހު ތާރީޚަށްފަހުއެވެ. މިފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.

2013-03-31