ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)410-C/410/2020/3
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 1325
ސުންގަޑި: 20 ޖަނަވަރީ 2020 1200
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ކަމާއި ބެހޭ ފަރާތުން މިއިދާރާއަށް ދެއްވާފައިވާތީ ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.
ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން: 11 ގޯތި ( 1600 އަކަފޫޓްގެ )
ގޯއްޗައް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ އުސޫލު އަދި ގޯތި ދޫކުރާ ސަރަހައްދު މިއިއުލާނާއެކު ހިމެނިފައިވާނެ ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، ގޯއްޗަށް އެދޭ ފަރާތްތަކުން 20 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ގޯއްޗަށް އެދޭ ފޯމް ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން މިއިދާރާއިން އަދި އިދާރާގެ ވެބުސައިޓު www.dhaandhoo.gov.mv ން ލިބެން ހުންނާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

2020-01-07