ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)410-A/410/2020/2
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 0707
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްކާތެރިކަމާއެކު ކުނިއުކާލުމާއި ކުނިނައްތާލުމާއި ބެހޭ އުޞޫލް 3.2 ގެ ޅ އަށް އިސްލާހު ގެނައުމާބެހޭ

                          "ރައްކާތެރިކަމާއެކު ކުނިއުކާލުމާއި ކުނިނައްތާލުމާއި ބެހޭ އުޞޫލް" 3.2 ގެ "ޅ" އަންނަނިވި ގޮތަށް އިސްލާހު ކުރެވިފައިވާ ކަމުގައި ދެންނެވީމެވެ. އެހެންކަމުން 01 ޖަނަވަރީ 2020ވަނަ އަހަރުން ފެށިގެން މި ގެނެވުނު އިސްލާހަށް އަމަލު ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

(ޅ)މިނިޒާމުގައި ބައިވެރިވާ ފަރާތްތަކުން އެއްބަސްވުމާއި އެއްގޮތަށް ފީނުދައްކާނަމަ އަންނަނިވި އުޞޫލުން އެފަރާތެއް ޖޫރިމާނާ ކުރެވޭނެއެވެ.
1. މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކުން -/150ރުފިޔާގެ މަހުފީ – މިބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް 0.25 ރުފިޔާގެ ރޭޓުންނެވެ.
2. ސަރުކާރުގެ ޢިމާރާތަކުން -/250 ރުފިޔާގެ މަހުފީ – މިބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައި ވާމުއްދަތަށް ވުރެއިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް 0.25 ރުފިޔާގެ ރޭޓުންނެވެ.
3. ވިޔަފާރި ފިހާރަތަކުން -/200 ރުފިޔާގެ މަހުފީ – މިބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް 0.25 ރުފިޔާގެ ރޭޓުންނެވެ.
4. ކެފޭ / ރެސްޓޯރެންޓްތަކުން -/200ރުފިޔާގެމަހުފީ – މިބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް 0.25 ރުފިޔާގެ ރޭޓުންނެވެ.

                          މިހެންވެ މިކަން އާންމުކޮށް އަންގައި އިއުލާނު ކުރީމެވެ.

10 ޖުމާދަލްއޫލާ 1441

2020-01-05