ކުއްޔަށް ހިފުން
ނަންބަރު: 01 (IUL)94-Q/94/2020/
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 20 ޖަނަވަރީ 2020 14:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ       

 

މޯލްޑިވްސް އިމިގްރޭޝަނުން ދެމުންގެންދާ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، 13000 އަކަފޫޓާއި 14000 އަކަފޫޓާއި ދެމެދުގެ އޮފީސް އިމާރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)94-A/94/2019/23 އިޢުލާނާއި ގުޅިގެން  އެއްވެސް ފަރާތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 13 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 20 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

05 ޖަނަވަރީ 2020