ބޭނުންވާ ޢަދަދު: |
20
|
މުސާރަ: |
މަހަކު -/4،580 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް: |
4،000ރ – 7،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ޝަރުތު: |
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ V1 ގެ ކްރޭން ނުވަތަ ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް އޮތުން.
- އުމުރުން 55 އަހަރަށްވުރެ މަތީ މީހަކަށް ނުވުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މިފަދަ މަޤާމެއް އަދާކުރުމުގެ ތަޖުރިބާއާއި ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
- އެމް.ޕީ.އެލް އިން ހިންގާ ބަދަރުތަކުގައި ގެންގުޅޭ އެއްގަމު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ވެހިކަލްތައް ބަލަހައްޓައި މެއިންޓެއިން ކުރުން.
- ހުސްކޮންޓެއިނަރ އަދި ކޮންޓެއިނަރ ހޭންޑަލްކުރުން.
- ކޮންޓެއިނަރ އިން އަދި ލޮރީ ފަހަރަށް މުދާ ބަރުކޮށް ދިނުން.
- ބޯޓުން ބާލާ މުދާ ގުދަނަށް ވެއްދުމާއި ނެރެދިނުން.
|
މަސައްކަތްކުރަންޖެހޭ ވަގުތު: |
ދުވާލަކު 08 ގަޑިއިރު
|
މަސައްކަތް ކުރަންޖެހޭ ތަން: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ލޮޖިސްޓިކް ޑިޕާޓްމަންޓް
|
ސުންގަޑި: |
2019 ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި: |
- މަޤާމަށް އެދިހުށަހަޅާ ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
- ޕޮލިސް ރިކޯޑް ފޯރމް
|
ހުށަހަޅަންޖެހޭ އޮފީސް: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)
ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
- ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ
|