ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2019/446
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 17 ޑިސެންބަރު 2019 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު

J-319926

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

 ހިއުމަން ރިސޯސް ޑިވިޝަން / ފޮރިންގ ރެކްރޫޓްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތް

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހިއުމަން ރިސޯސް މެނޭޖްމަންޓް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ދުވަހުން ދުވަހަށް ކަނޑަ އެޅިފައިވާ އަތޮޅު ތަކުގެ ވޯރކޕާރމިޓް އިމެގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެމެގުރޭޝަނަށް ހުށަހުޅުން.
  2. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކްޕާމިޓް ދުވަހުން ދުވަހަށް އެމްޕުލޯއިމަނޓް އެޕްރޫވަލްގެ މައްދަތު އިތުރުކުރުމަށް އިމެގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަންޑައެޅިފައިވާ މުއްދަތު ހަމަވުމުގެ އެއމަސް ކުރިން އެންޕްލޯޔިމަންޓް އެޕްރޫވަލް އެކްސްޓެންޝަން އެމެގުރޭޝަނަށް ހުށަހުޅުން
  3. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ އެމްޕުޔިމަނޓް އެޕްރޫވަލްގެ މައްދަތު އިތުރުކުރުމަށް ފަހު ފީދެއްކުމަށް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް އެމްޕުލޯއިމަނޓް އެޕްރޫވަލް އިމަގުރޭޝަނުން ދޫކުރާތާ ލަސްވެގެން ހަފްތާއެއްތެރޭ މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށްހުށަހުޅުން
  4. މިނިސްޓރީ އާއިއެކު ކޮންޓުރެކޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދުވަހުން ދުވަހަށް ވިސާ އިތުރުކުރުމަށް އިމެގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަންޑައެޅިފައިވާ މުއްދަތު ހަމަވުމުގެ އެއްމަސް ކުރިން ވިސާ އެކްސްޓެންޝަނަށް އެމެގުރޭޝަނަށް ހުށަހުޅުން
  5. މިނިސްޓރީ އާއިއެކު ކޮންޓުރެކޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ޖެހުމަށްފަހު ޕާސްޕޯޓް އަދި ވިސަކަރޓް އިމެގުރޭޝަނުން ނިންމުމުން އެމަރގުރޭޝަނުން ނެގުން. އަދި މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ ކޮންޓްރެކްޓް ހަމަވުމުށްފަހު އާނުކުރަ ފަރާތްތަކަށް އަދި ކޮންޓްރެކްޓް ބާތިލްކުރާފަރަތްތަކުގެ ވިސާކެންސަލް ކުރުމަށް ހަފްތާއެއްއެއްތެރޭ އިމެގުރޭޝަނަށް ހުށަހެޅުން.
  6. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބެންކު އެކައުންޓް ހުޅުވުމަށް މިނިސްޓްރީން ބޭނުންވާ ލިޔެކިއުންތަށް ދުވަހުންދުވަހަށް ދުކުރުން. އަދި ބިދޭސި މުވައްޒަފުންގެ މަސައްކަތު ތަޖްރިބާއާއި ގުޅޭގޮތުން ބޭނުންވާ އެކްސްޕީރިއަންސް ލެޓަރ ހުށައެޅުން.
  7. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުން ޗުއްޓީ އަށްދިއުމަށް އަދި ޗުއްޓީ ނިންމުމަށްފަހު އަންނަ މުވައްޒަފުންގެ ލީވްއެޕްރޫވަލް އަދި ލީވް ކޮމްޕުލީޝަން ލެޓަރ ދުވަހަން ދުވަހަށް ދޫކުރުމާއި އެއްއަތޮޅުން އަނެއް އަތޮޅއަށް ބަދަލުކުރާ މުވައްޒަފުންނާ ކޮންޓރެކްޓް ބާތިލް ކުރާ ފާރތްތަކުގެ އެންމެހާ ލިޔެކިއުންތަށް ތައްޔާރުކޮށް އަތޮޅުތަކަށް ފޮނުވުން.
  8. ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންނާ ގުޅޭގޮތުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް ފޮނުވުމާ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ދުވަހުން ދުވަހަށް ކުރުމާއި ބިދޭސީ މުވައްޒަފުންނަށް ޕާސްޕޯޓް އަދި ވިސާކާރޑް ކަނޑަ އެޅިފައިވާ ވަގުތު ތަކުގައި ދޫކުރުން.
  9. ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ އެންމެހާ ލިޔެކިޔުންތަށް ރައްކާތެރިކާމާ އެކު ފައިލްކޮށް، ހޯދަން ޖެހޭ ވަގުތުތަކުގައި ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.އަދި ބިދޭސީ މުވައްޒަފުންގެ އެންމެހާ ރެކޯޑްތަށް ފަސޭހައިން ފެންނާހެން ކޮމްޕއުޓަރުގައި ބަލަހައްޓަމުން ގެންދިއުން.

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް

ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17  ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރ 19 އާއީ 2020 ވަނަ އަހަރުގެ 20 ޖެނުއަރީ އާ ދެމެދު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުޔ ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014423 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

08 ޑިސެންބަރު 2019