ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2019/244
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 10 ޑިސެންބަރު 2019 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިއުން

ފުވައްމުލަކު ދަޑިމަގުއަވަށު ކުއްޅަފިލާގެ ކުރިމަތިން އޮތް މަގު 14 ފޫޓަށް ފުޅާކުރުމާއި ގުޅިގެން ނަގައިލެވިފައިވާ ނަންބަރ 01 ޖަހާފައިވާ ރުކުގެ ނީލަންކިޔުން 10 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހު 9:00 ގައި އެރުކުގެ ކައިރީގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހު 9:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި އެގަސްތައް ނަގައި ތަންސާފުކުރަންވާނެއެވެ.

ވީމާ މިނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

08 ޑިސެންބަރު 2019