ދިވެހިރާއްޖެ
އިޢުލާން
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ހއ.އުލިގަން ކަސްޓަމްސް އިމާރާތުގެ ފުރާޅު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2019/60 (05 ނޮވެމްބަރު 2019) އިޢުލާނަށް 2 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހއ.އުލިގަން ކަސްޓަމްސްއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހއ.އުލިގަން ކަސްޓަމްސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
24 ރަބީޢުލްއައްވަލް 1441
21 ނޮވެމްބަރު 2019