ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-V/1/2019/36
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:10
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ވާރކްވީޒާ އެޕްލިކޭޝަން އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމާއި ގުޅޭ

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާރކްވީޒާ އެޕްލިކޭޝަން ހުށަހެޅުމަށް ދިމާވާދަތިތައް ހައްލުކުރުމަށްޓަކައި، 17 ނޮވެންބަރ 2019 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް، މިކަމަށް އެދި ހުށަހަޅާލިޔެކިއުންތައް ހުށަހަޅާގޮތަށް ހަމަޖައްސައިފީމެވެ. އަދި، ލިޔެކިއުންތައް މިމުވައްސަސާއިން އެޕްރޫވް ކުރުމަށްފަހު، ޕާސްޕޯޓް ހުށަހެޅުމަށް ސިސްޓަމް މެދުވެރިކޮށް އެޕޮއިންޓްމަންޓް ދޫކުރެވޭ ގަޑިއަށް ޕާސްޕޯޓް ހުށަހަޅައި އަދި ޕާސްޕޯޓް ނެންގެވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ވީޒާ ޖެހުމަށްއެދި ހުށަހަޅާފައިވާ ޕާސްޕޯޓްތައް، މިހާރުވެސް އަމަލުކުރާ އުސޫލުގެ ދަށުން، 30 ނޮވެންބަރު 2019 ވަނަ ދުވަހުގެ ކުރިން ނެންގެވުމަށް ދެންނެވީމެވެ. 

14 ނޮވެންބަރު 2019