ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2019/121
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 17 ނޮވެންބަރު 2019 00:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫގައި ޢިމާރާތްކޮށްފައިވާ ފުލެޓު ލިބުނު ފަރާތްތަކާއި އެގްރިމެންޓް ކުރުމާއި ފުލެޓް ޙަވާލުކުރުން.

އިޢުލާން

ތިނަދޫގައި ޢިމާރާތްކޮށްފައިވާ ފުލެޓު ލިބުނު ފަރާތްތަކާއި އެގްރިމެންޓް ކުރުމާއި ފުލެޓް ޙަވާލުކުރުން.

 

 

 

 

 

     

                  ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ތިނަދޫގައި ޢިމާރާތްކޮށްފައިވާ 120 ފުލެޓުގެ ތެރެއިން 105 ފުލެޓް ލިބުނު ފަރާތްތަކާއެކު ވާންޖެހޭ އެއްބަސްވުން އެކުލަވާލައި ސޮއިކުރުމުގެ މަސައްކަތް 17 ނޮވެމްބަރު 2019 އިން ފެށިގެން މިއިދާރާގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށްދާނެއެވެ. އެގްރިމެންޓުގައި ސޮއިކުރުމަށް ވަޑައިގަންނަވާނީ މިއިދާރާއިން ފޯނުން ގުޅައި ވަޑައިގަތުމަށް ދަންނަވާ ގަޑިތަކުގައެވެ. މިކައުންސިލުން ފްލެޓްތަކުގެ އަގު ކުޑަކުރަން މަސައްކަތް ކުރިނަމަވެސް މިނިސްޓްރީއިން ވިދާޅުވީ މިއީ އެންމެ ކުޑައަގު ކަމުގައެވެ. ފްލެޓްތަކަށް އެގްރިމެންޓް ހެދިކަމުގައިވީނަމަވެސް ސަރުކާރާއެކު މަޝްވަރާކޮށް ފްލެޓް ތަކުގެ އަގު ކުޑަކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަމެވެ.

މިގޮތުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން ފްލެޓަށް ދައްކަވަންޖެހޭ ފައިސާ ދެއްކެވުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.   

1-                   ފްލެޓް އެގްރިމެންޓްގައި ސޮއިކުރާ  ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ޑައުންޕޭމަންޓް ފައިސާ 19,000/-ރ. (ނަވަރަހާސް) ރުފިޔާ ދެއްކެވުން.

2-                   މަހުންމަހަށް ދައްކަވަންޖެހޭ ކުލި 3,000/- (ތިންހާސް ރުފިޔާ) ޑައުން ޕޭމަންޓް ފައިސާ ދެއްކެވުމަށް އޮތް 60 ދުވަސް ހަމަވުމަށްފަހު ދައްކަވަން ފެއްޓެވުން.

3-                   މި ތަންތަނަކީ މީހުން ވަނުމަށްފަހު ސިޑިބަރިތަކާއި ، ކޮމަން ކޮރިޑޯތައް ކުނިކަހާ ސާފުކުރުމާއި، ދިއްލާ، ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ތަންތަން ކަމަށްވުމާއެކު މިކަން ކުރުމަށް ބޭނުންވަ ތަކެއްޗާއި މީހުންނާއި، އަދި ބިލްތައް ދައްކަންޖެހޭތީ، މެއިންޓަނަންސް ފައިސާ 550/- (ފައްސަތޭކަ ފަންސާސް) ރުފިޔާ އެގްރީމެންޓުގައި ސޮއިކުރާ ދުވަހުން ފެށިގެން ދައްކަވަން ފެއްޓެވުން.

                      ވީމާ، ފްލެޓު ލިބިވަޑައިގެންނެވި ފަރާތްތަކުން އެގްރިމެންޓުގައި ސޮއިކުރެއްވުމަށް 17 ނޮވެމްބަރު 2019 ދުވަހުން ފެށިގެން ތައްޔާރުވެ ވަޑައިގެން ތިއްބެވުން އެދި ދެންނެވީމެވެ.

                      މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ. 

12 ނޮވެންބަރު 2019