ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2019/252
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:25
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަޅުރަށް ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުން

މި މިނިސްޓްރީން ދިގު މުއްދަތަށް ފަޅުރަށްތައް ކުއްޔަށް ނަންގަވައިގެން އުޅުއްވާ ފަރާތްތަކުން، މިމިނިސްޓްރީއާއި އެކު ވެފައިވާ އެއްބަސްވުމުގައި ހިމެނުމަށް ދެއްވާފައިވާ އެޑްރެސް، ފޯނު ނަންބަރު އަދި އީމެއިލް  އެޑްރެސް ފަދަ މައުލޫމާތު ޞައްޙަ ކުރުމަށް މިމިނިސްޓްރީން ބޭނުންވެއެވެ. މިގޮތަށް މި މައުލޫމާތު ޞައްޙަ ކުރުމަށް މިމިނިސްޓްރީން ބޭނުންވަނީ، އެ ފަރާތްތަކަށް މި މިނިސްޓްރީން ރައްދުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ އެފަރާތްތަކާ މުޢާމަލާތު ކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާ މިންވަރު އިތުރުވަމުން ދިއުމާއި ގުޅިގެންނެވެ.

ވީމާ، މި އިއުލާނާއެކުގައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކާ މި މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި މި މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ ތިރީގައި ދަންނަވާފައިވާ މަޢުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ، އެ މަޢުލޫމާތު 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް އަންގަމެވެ.

  1. ކުންފުނީގެ ފުރިހަމަ އެޑްރެސް / އަމިއްލަ ފަރާތެއްނަމަ މިހާރު ދިރިއުޅޭ އެޑްރެސް
  2. ގުޅޭނެ ފޯނު ނަންބަރު
  3. އީ-މެއިލް އެޑްރެސް

އަދި އިސްވެދަންނަވާފައިވާ މަޢުލޫމާތު ބަޔާންކޮށްފައިވާ ތާރީޚުގައި މި މިނިސްޓްރީއަށް ފޮނުއްވާފައި ނުވާނަމަ، ޤާނޫނު ނަންބަރު (2011/4) މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 34 ވަނަ މާއްދާގައި ވާފަދައިން ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކަށް އެއްޗެއް ފޮނުވުން، ނުވަތަ ރައްދުކުރުން، ނުވަތަ ދިނުން ބުނެފައިވާ ޙާލަތްތަކުގައި ބަޔާންކޮށްފައިވާ އުޞޫލު އިޚްތިޔާރުކޮށް މުޢާމަލާތު ކުރާނެކަން ދަންނަވާ، ކަމާގުޅޭ ފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ. 

07 ނޮވެންބަރު 2019