ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ވެބްސައިޓް ފަރުމާކޮށް ތައްޔާރު ކުރުމާ ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ
މިމިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ދެފުއްފެންނަ ގޮތެއްގައި ފޯރުކޮށްދިނުމަށް ވެބްސައިޓް ފަރުމާކޮށް ތައްޔާރުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން):
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހު 11:00 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން:
13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
29 ޞަފަރު 1441
28 އޮކްޓޯބަރ 2019