Job Opportunity
Number: (IUL)URH/2019/19
Published Date: 28 Oct 2019
Published Time: 14:44
Deadline: 12 Nov 2019 14:00
Un'goofaaru Regional Hospital
Maldives
Registered Nurse/Senior Registered Nurse/clinical Nurse

 

       
   
     
 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

 ރ.އުނގޫފާރު /ދިވެހިރާއްޖެ

ނަންބަރު:(IUL)URH/2019/19

އިޢުލާން

މަޤާމު

ރެޖިސްޓާރޑް ނާރސް/ ސީނިއަރ ރެޖިސްޓާރޑް ނާރސް/ ކްލިނިކަލް ނާރސް

މަޤާމުގެ ނަންބަރު

J-312944,  J-312943,  J-312942

ބޭނުންވާ އަދަދު

03 (ތިނެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ނާރސިންގ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މަޤާމުގެ އަސާސީ މުސާރަ މަހަކު (ރުފިޔާ)

އަސާސީ ޝަރުތު

ސިވިލް ސަރވިސްގެ ރޭންކް

މަޤާމް

9060/-

ނަރސިންގް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

CS08-1

ރެޖިސްޓާރޑް ނާރސް

9210/-

ރެޖިސްޓާރޑް ނާރސް ސީ އެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

CS08-2

9360/-

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

CS08-3

9670/-

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނާރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

CS10-1

ސީނިއަރ ރެޖިސްޓާރޑް ނާރސް

9920/-

ސީނިއަރ ރެޖިސްޓާރޑް ނާރސް ސީ އެސް 10-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

CS10-2

10160/-

ސީނިއަރ ރެޖިސްޓާރޑް ނާރސް ސީ އެސް 10-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

CS10-3

10410/-

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ނާރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

CS12-1

ކްލިނިކަލް ނާރސް

10660/-

ކްލިނިކަލް ނާރސް ސީ އެސް 12-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

CS12-2

10940/-

ކްލިނިކަލް ނާރސް ސީ އެސް 12-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

CS12-3

 

ސަރވިސް އެލަވަންސް:

-/ނުކުންނަ ދުވަހަކަށް -/188 (އެއްސަތޭކަ އަށްޑިހަ އަށް ރުފިޔާ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި ބަލި މީހުންނަށް ކެއަރ ދެވޭނެ ގޮތް އަދި މިކަމުގައި އިޚްލާސްތެރިކަމާއިއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
  2. ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓް ކުރުމާއި، އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް ދެއްކުން.
  3. ޑޮކްޓަރުގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރިހިބިލި ޓޭޝަންއާއި ބެހޭ ގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.
  4. އާދަޔާ ކިލާފު ނުރައްކަލަކާއި ނުލާ ވިހާ މީހުން ވިއްސުމާއި، ޙަވާލުވެހުރުން، މިކަމުގައި ނުރައްކާ ވެދާނެ ކަންތައްތައް ކުރިއަށް ލަފާކޮށް މިކަން ޑޮކްޓަރަކަށް ވަގުތުން އެންގުން.
  5. ދިމާވާ އެމާރޖެންސީތައް ވަގުތުން ކަމާއިބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރ އަންނަންދެން އެފަދަ އެމާރޖެންސީތައް މެނޭޖުކުރުން.
  6. ރަސްމީ ގަޑިނޫން އެހެން ގަޑިތަކުގައި އެމަރޖެންސީ ގޮތުން ކުރަންޖެހޭ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.
  7. ބަލިމީހުންނަށް ދެވޭ ނާރސިން ކެއަރ ރޭވުމުގައި ނަރުހުންނާއި، އޮގްޒިލިއަރީ ނާރސް މިޑްވައިފުންނަށް އިރުޝާދު ދިނުން.
  8. އޮގްޒިލިއަރީ ނާރސް މިޑްވައިފުންނާއި، ނަރުހުންނާއި، އެޓެންޑެންޓުން ސުޕަވައިޒް ކުރުން.
  9. ބަލިމީހުންނާއިބެހޭ ކަންތައް ތަކުގައި ޑޮކްޓަރުންނާއި، އަދި ހޮސްޕިޓަލްގެ ލެބޯޓްރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާރޓް މަންޓް ތަކާއި، މުވާޞަލާތު ހިންގުން.
  10. ރަސްމީގަޑި ނޫން ވަގުތު ތަކުގައި ހޮސްޕިޓަލްގައި ދިމާވާ ކަންތައް ތަކުގެ ތެރެއިން ނާރސިންގއާއިބެހޭ ކަންތައްތައް ޙައްލުކުރުމާއި، އެހެން ކަންތައްތައް ކޯޑިނޭޓަރަށް އެންގުން.
  11. ހޮސްޕިޓަލްގައި ބަލިމީހުންނާއިބެހޭ ގޮތުން ހިންގާ އާދަޔާ ޚިލާފު ހާދިސާތައް ޑިރެކްޓަރ އޮފް ނާރސިންއަށް ދެންނެވުން.
  12. ނާރސިންގއާއިބެހޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލާ ސްޕަވައިޒަރުންނާއި، ސީނިއަރ ސްޓާފު ނަރުހުންނަށް އެހީތެރިވުން.

 

މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

 

  • ގައިންގަޔަށް އަރާ ބަލިތަކަށް އެކްސްޕޯޒްވުން.
  • ބަލިމީހުންނަށް ބޭނުންކލުރާ (ކަށި، ތިލަ އަދި މިނޫންވެސް ތުނުތަކެތިން) ލިބިދާނެ ގެއްލުމެއް.
  • ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒްވުން.
  • ބަލިމީހުންގެ ހަށިގަނޑުން ބޭރުވާ ދިޔަ (ލޭ، ދޮސް، ހޮޑު، ކުޑަކަމުދާ އެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްޕޯޒުވުން.
  • ރޭޑިއޭޝަން (އެކްސްރޭ، ސީ ޓީ ސްކޭން، އެމް އާރު އައި ސްކޭން) ފަދަ ތަކެއްޗަށް އެކްޕޯޒުވުން.
  • އާންމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމްސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާއޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:   [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ނޮވެމްބަރ 19 އާއި

2019 ނޮވެމްބަރ  18 އާ ދެމެދު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށްއެދިހުށަހަޅާ،ޝަރުޠުހަމަވާފަރާތްތަކުގެއަދަދު 10  އަށްވުރެގިނަނަމަ،ތަޢުލީމީފެންވަރާއިތަޖުރިބާއަށްބަލައި،ވަޒީފާއަށްކުރިމަތިލާފައިވާފަރާތްތަކުގެތެރެއިންއެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6580029،  އަށެވެ. އީ-މެއިލް ކުރާނީއަށެވެ.                  [email protected]

28 އޮކްޓޫބަރ  2019

                                               ޙުސައިން ޝިހާމް  

 

28 Oct 2019