ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-CMCR/468/2019/205
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 10 ނޮވެންބަރު 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުތެރޭގައި އަޅާފައި ހުރި ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމާއި ގުޅޭ

ބަނދަރު ފަޅުތެރޭގައި އަޅާފައި ހުރި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު ފަޅުތެރެއިން ނެގުމަށް މިކައުންސިލްގެ ނަންބަރު IUL)468-CMCR/468/2019/185) އިޢުލާނުން އެންގިފައި ވީނަމަވެސް އަދިވެސް ގިނައަދަދެއްގެ އުޅނަދުފަހަރު ނުނަގާ ހުރިކަން ފާހަގަ ވާތީ މިމުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.

ފުވައްމުލަކު ބަނދަރު ބެލެހެއްޓުމުގެ ގަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) ގައި  ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ތޮށިގަނޑުކައިރީގައި ބޭއްވޭނީ ކައުންސިލުގެ ހުއްދައާއިއެކު، ގިނަވެގެން 5 (ފަސް) ދުވަސް ވަންދެންނެވެ. އަދި ކައުންސިލުން ހުއްދަ ދެވޭނީ ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމުން ހުށަހެޅުމުންނެވެ.

ވީމާ، މިވަގުތު ފުވައްމުލަކު ބަނދަރުގެ ފަޅުތެރޭގައި އަޅާފައިވާ ބޭނުންނުކުރާތާ ގިނަދުވަސްވީ  އުޅަނދުފަހަރު 10 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ކުރިން ފަޅުތެރެއިން ނެގުމަށް އަންގާ އާންމުކޮށް އިޢުލާންކުރަމެވެ. އަދި މުއްދަތު ތެރޭގައި ނުނަގާ ހުރި ބޭނުންނުކުރާތާ ގިނަދުވަސްވީ އުޅަނދު ފަހަރު ފަޅުތެރެއިން ނަގާ މިކައުންސިލަށް ފެންނަ ތަނަކަށް ބަދަލުކުރެވޭނެވާހަކަ ދަންނަވަމެވެ.

27 އޮކްޓޫބަރު 2019