ޢާންމު މަޢުލޫމާތު
ނަންބަރު: MNU-CA-PAMD/2019/76
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 24 އޮކްޓޫބަރު 2019 11:30
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: ޓެކްސްޓްފޮތް ގަތުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގައި ކިޔަވައިދިނުމަށް ބޭނުންވާ އޭ.އޭ.ޓީ ފޮތްތަކެއް ގަތުމަށް ކުރެވުނު އިއުލާން  MNU-CA-PAMD/2019/72 އަށް އިޖާބަދީ ޝަރުޠުހަމަވާ 3 ފަރާތުން ބީލަން ހުށަހަޅާފައިނުވާތީ މި ފޮތްތައް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު އެއް ފަރާތަކަށެވެ.
  3. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  6. މީގެ އިތުރުން ނަންބަރު 3 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރާ މައުލޫމާތާއި މައުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ ލިސްޓްގައިވާ ފޮތްތަކުގެ ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ.
  7. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  8. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.  

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345111، 3345148

އީ-މެއިލް: [email protected]

 

22  ޞަޕަރު  1441

21 އޮކްޓޫބަރު 2019