ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)337-C-AA/337/2019/72
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1441
ސުންގަޑި: 28 އޮކްޓޫބަރު 2019 2000
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ކުއްޔަށް ދޫކުރުމަށް އިޢުލާނުކުރެވިފައިވާ ގާޑިޔާތަކަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުނެގުން

 

             ނަމްބަރު:  (IUL)337-C-AA/337/2019/72 

 

އިޢުލާން

 

ކައުންސިލުން ކުއްޔަށް ދޫކުރުމަށް އިޢުލާނުކުރެވިފައިވާ ގާޑިޔާތަކަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުނެގުން

 

މިއިދާރާގެ ނަމްބަރ:  (IUL)337-C-AA/337/2019/65  (01 އޮކްޓޯބަރ 2019) (ރަށުގެ އަތިރި މައްޗާއި ހުސްބިންތައް ވަގުތީގޮތުން ބޭނުންކުރުމަށް އެކުލަވާލެވި ޢާއްމު ކުރެވިފައިވާ އުޞޫލަށް އިޞްލާޙު ގެނެވި އަލުން އެއުޞޫލާއި އެއްގޮތަށް ބިން ދޫކުރުމަށް ފުރުސަތު ހުޅުވާލުން) މި ސުރުހީގެދަށުން ކުރެވިފައިވާ އިޢުލާނާއި ގުޅިގެން ގާޑިޔާތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެރޭ 20:00 ގައި ތިރީގައި މިދަންނަވާ ގޮތުގެމަތިން ގުރުނެގުން "މާފުށި ޔޫތް ސެންޓަރ"ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  1. ގުރުނެގުން އޮންނާނީ ގާޑިޔާއަށް ކުރިމަތިލީ ފަރާތްތަށް އެކަނިކަމަށާއި، ބަދަލުގައި އެއްވެސް ބޭފުޅަކު ހަމަނުޖެއްސޭނެކަމަށް ދަންނަވަން. އަދި އެއްވެސް ސަބަބަކާއި ހުރެ ގުރުނެގުމަށް ހާޟިރުނުވެއްޖެނަމަ ގުރުގައި އެފަރާތައް ބައިވެރިއެއް ނުވެވޭނެއެވެ.
  2. ގުރުނަގަމުން ގެންދާނީ ކޮންމެ ގާޑިޔާއެއްވެސް ވަކިން ގާޑިޔާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޙާޟިރުވި ފަރާތްތަކުގެ ނަން ލިޔެފައިވާ ކަރުދާސްތައް އެކަމަށް ޙާއްސަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު ނެގޭ އެއްގަނޑު ކޮޅުންނެވެ. އަދި އެއީ ގުރުން ހޮވުނު ފަރާތްކަމަށް ބަލައި އެ ގުރު ނިމިގެންދާނެއެވެ.
  3. ގުރުން ހޮވެމުންދާ ވަރަކަށް، އެފަރާތްތަކަށް އިތުރު ގުރެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
  4. ގުރުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑް، ޕާސްޕޯރޓް، ލައިސަންސް ކާޑް ފަދަ ރަސްމީ ލިޔުމެއް ގެންނަވަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

21 އޮކްޓޯބަރ 2019

2019-10-21