ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-CA-EX-2019-7
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 24 އޮކްޓޫބަރު 2019 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :27

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓަރމްގެ ފައިނަލް އިމްތިޙާނާއި ރީސިޓް އިމްތިޙާނު މާލޭގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މި އިޢުލާނުގައި އިމްތިޙާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިއަހަރުގެ 2 ވަނަ ޓަރމްގެ އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ނަމަވެސް ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

27

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިރީގައިވާ މަރުކަޒުތަކަށް:

  1. ޅ. ނައިފަރު އައުޓްރީޗް ސެންޓަރު
  2. ފ. ނިލަންދޫ އައުޓްރީޗް ސެންޓަރު
  3. ރ. ދުވާފަރު އައުޓްރީޗް ސެންޓަރު
  4. ޏ. ފުވައްމުލައް އައުޓްރީޗް ސެންޓަރު
  5. ބ. އޭދަފުށި އައުޓްރީޗް ސެންޓަރު
  6. ނ. ކެނދިކުޅުދޫ އައުޓްރީޗް ސެންޓަރު
  7. ހއ. ދިއްދޫ އައުޓްރީޗް ސެންޓަރު
  8. ދ. ކުޑަހުވަދޫ އައުޓްރީޗް ސެންޓަރު
  9. ދިގަލި މޯލްޑިވްސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • މިއިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

 

މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އައުޓްރީޗް ސެންޓަރުތަކުގައި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޑިސެންބަރު 2019 އިން ފެށިގެން 14 ޑިސެންބަރު 2019 އާ ދެމެދުގެ މުއްދަތުގެ ތެރޭގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

  • މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށެވެ.
  • އޮންލައިން އެޕްލިކޭޝަން ތިރީގައިވާ ލިންކުން ހުށަހެޅޭނެއެވެ.
https://docs.google.com/forms/d/e/1FAIpQLSfrk9H4bHAZTHDXXZmKdjAFrYdZntO66BZU7amlweHZYs6-MA/viewform
  • ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމް ލިބެން ހުންނާނީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައިވާ ލިންކް އިންނެވެ.
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form.pdf

އެޕްލިކޭޝަންގެ ސުންގަޑި:

24 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

  • އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އިންވިޖިލޭޓަރަކަށް ހޮވިއްޖެނަމަ، އެފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އާ އެވެ.

 

17 އޮކްޓޫބަރު 2019