މަސައްކަތް
ނަންބަރު: (IUL)E-380/2019/34ނަންބަރ
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 24 އޮކްޓޫބަރު 2019 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ

ނަންބަރު: 34/E-380/2019

 އިޢްލާން

ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަހަލައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރ 33/E-380/2019 ގެ އިޢްލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ޙާޟިރު ވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢްލާން ބާޠިލް ކުރުމަށްފަހު އަލުން މާއެނބޫދޫ ކައުންސިލް

އިދާރާގެ ސެކިއުރިޓީ  ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1- ސެކިއުރިޓީއާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2019  އޮކްޓޯބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި  މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

2-      އަންދާސީ  ހިސާބު  ހުށަހެޅުން  އޮންނާނީ 2019 އޮކްޓޯބަރ 28 ވާ ހޯމަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

 އިތުރު މަޢުލޫމާތު

ހ- މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

ށ- މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ނ- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

ރ- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

90%

ތަޖުރިބާއަށް(ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއިގުޅޭ ލިޔުން ތަކަކަށްވުމާއި، ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކެވެ.)

10%

 

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. އަންދާސީ ހިސާބު

ށ. ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ. ޖީ.އެސް.ޓީ.ރަޖިސްޓްރޭޝަން ކޮޕީ

ރ. މީރާއިން ދޫކުރާ ޓެކްސް ކުލިއަރެންސް ކޮޕީ

ބ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ

 ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

17  ޞަފަރު 1441

16 އޮކްޓޯބަރ 2019

16 އޮކްޓޫބަރު 2019