ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)320-ADHR/320/2019/70
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 27 އޮކްޓޫބަރު 2019 13:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކްސްކަވޭޓަރ އޮޕަރޭޓަރ

ވަޒީފާގެ ފުރުސަތު

 

މަޤާމު:                    އެކްސްކަވޭޓަރ އޮޕަރޭޓަރ

ބޭނުންވާ އަދަދު:              01

ޝެކްޝަން:                 މުނިސިޕަލް ސަރވިސް ޝެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:       މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާ

މުސާރަ:                   -/5500 ( ފަސްހާސް ފަސްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް:          -/1500 ( އެއްހާސް ފަސްސަތޭކަ ރުފިޔާ )  

އިނާޔަތްތައް:                 ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާއާއި، އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ ޝަރުތުތައް:

  1. އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމުގެ ހުއްދަ ލިބިފައިވުން.
  2. މަސައްކަތައް ޝައުޤުވެރިކަން ހުރުމާއިއެކު، ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަނގަޅު މީހެއްކަމުގައިވުން.

 

މަޤާމުގެ މަސައްކަތް

  • އޭދަފުށި ކައުންސިލުން އަންގާގޮތުގެ މަތިން އެކްސްކަވޭޓަރ އޮޕަރޭޓްކުރުމާއި، ޓްރާންސްޕޯރޓްގެ ޤަވާއިދާއި އެއްގޮތައް އޮޕަރޭޓްކުރުން.
  • މަތީގައިވާ ކަންކަމުގެ އިތުރުން ކައުންސިލް އިދާރާއިން އަންގާ ކަންކަން ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް އިސްކަންދޭނެ ކަންތައްތައް

މަސައްކަތުގައި ގިނަވަގުތު އުޅެވޭ ހީވާގި 55 އަހަރު ނުފުރޭ ފިރިހެނުންނަށް އިސްކަންދެވޭނެއެވެ.

 

އިންޓަވިއުއަދިޕްރެކްޓިކަލްސްއޮންނާނެތަނާއިމުއްދަތު 

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

27 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާއަށް ސިވިލްސަ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ)
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިއުންތަކާއި، (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދުކޮށްފައިވާ ލިއުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއަކާއި، (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  5. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6608303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6608503 އެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.
15 އޮކްޓޫބަރު 2019