ދިވެހިރާއްޖެ
އިޢުލާން
ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ގުޅޭ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް މި މިނިސްޓްރީން ކުރިއަށް ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ގުޅިގެން ވަޒީފާ ގުޅުވައިދިނުމުގެ ޚިދުމަތް ދޭން މިނިސްޓްރީން ވަނީ ފަށާފައެވެ. މިގޮތުން މި ޚިދުމަތުގެ ތެރެއިން ވަޒީފާ ގުޅުވައިދިނުމަށް ހަމަޖެހިފައިވަނީ "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު" ގައި ރަޖިސްޓްރީވެފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތްކަމަށް ބަޔާންކޮށް ރަޖިސްޓްރީވެފައިވާ ބިދޭސީންނެވެ. އެހެންކަމުން އެއްވެސް ވަޒީފާދޭ ފަރާތެއްގެ ދަށުގައި އެފަރާތުގެ ޞައްޙަ "އެމްޕްލޯއިމަންޓް އެޕްރޫވަލް" އެއް ނެތި ބިދޭސީން މަސައްކަތްކުރަމުން ގެންދާ ނަމަ "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ރެގިއުލަރައިޒޭޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ރެގިއުލަރައިޒޭޝަނަށް ހުށަނާޅާ ބިދޭސީން "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު" ގައި ޖެހިފައި ވީ ނަމަވެސް، ވަޒީފާ ގުޅުވައިދިނުމުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު" ގައިވާ އެފަދަ ބިދޭސީން ހަމަޖައްސައިދެވޭނެ ވާހަކަ ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
15 ޞަފަރު 1441