ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-74/GS-74/2019/26
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 17:04
ސުންގަޑި: 23 އޮކްޓޫބަރު 2019 14:00
ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ހާފިޒު އަހުމަދު ސްކޫލް

  ފުވައްމުލައް، ދިވެހިރާއްޖެ 

ނަންބަރ: IUL)GS-74/GS-74/2019/26)

އިޢުލާނު

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-316794

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހާފިޒު އަހުމަދު ސްކޫލް / ޏ. ފުވައްމުލައް

މުސާރަ:

-/5610 ރ

ސަރވިސް އެލެވަންސް:

-/2000 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4- ސަޕޯޓިންގ ކޯ އެލަވަންސް 2 : މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ބަޖެޓުން ޚަރަދު ކުރުމަށްޓަކައި ބޭނުންވާ ފައިސާ އެމް އެމް އޭގައިވާ ނަންބަރ 1921 އެކައުންޓުން، ބީ އެމް އެލްގައިވާ ޚަރަދު އެކައުންޓް ނަންބަރ 002 431879 7711 އަށް ފައިސާ ޓްރާންސްފަރ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ވައުޗަރުތައް ހަދާ ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވައި މި ދެއެކައުންޓުގެ ހިސާބުތައް ބަރާބަރަށް ދުވަހުން ދުވަހަށް ބާކީކޮށް ބެލެހެއްޓުން.

2- ބީ އެމް އެލްގައިވާ އަދަރފަންޑް އެކައުންޓް ނަންބަރ 001 431879 7711 މި އެކައުންޓުން ކުރަންޖެހޭ ޚަރަދުތައް މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންކޮށް ދުވަހުން ދުވަހަށް ބާކީ ކޮށް ކޮންމެ މަހެއް ނިމުމުން ބޭންކް ސްޓޭޓްމަންޓާއި ދިމާކޮށް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ހަދާ ބެލެހެއްޓުން

3- ބީ އެމް އެލްގައިވާ އަދަރފަންޑް އެކައުންޓް ނަންބަރ 001 431879 7711 މި އެކައުންޓުން ކުރަންޖެހޭ ޚަރަދުތައް މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންކޮށް ދުވަހުން ދުވަހަށް ބާކީ ކޮށް ކޮންމެ މަހެއް ނިމުމުން ބޭންކް ސްޓޭޓްމަންޓާއި ދިމާކޮށް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ހަދާ ބެލެހެއްޓުން

4- ބަޖެޓާއި ބެހޭގޮތުން ސްކޫލަށް ލިބޭ ސިޓީ،މެސެޖްފަދަ ތަކެތީގެ ތެރެއިން ޖަވާބު ދޭންޖެހޭ ލިޔުންތަކަށް އެލިޔުމެއްގައި ޖަވާބު ފޮނުވަން އަންފަވާފައިވާ މުއްދަތަކަށް އެޖަވާބެއް ކަމާއިބެހޭ ވެރިންގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ފުނުވުން

5- ބިލް އެންޓްރީ ބެލެހެއްޓުން

6- ސްކޫލުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރި ވުމާއި ސްކޫލުގެ މަސައްކަތުގެ ތެރެއިން ހަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:   

1-  މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ހާފިޒު އަހުމަދު ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

- ތައުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޮކްޓޫބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ހާފިޒު އަހުމަދު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 27 އޮކްޓޫބަރ 2019 އާއި 7 ނޮވެމްބަރ 2019 އާއި ދެމެދު، ހާފިޒު އަހުމަދު ސްކޫލް އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން މިތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ (6861989) އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ (6861990) އެވެ. އީ-މެއިލް  ކުރާނީ [email protected] އަށެވެ.

 

13 އޮކްޓޫބަރ  2019

 

13 އޮކްޓޫބަރު 2019