ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2019/55
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 17:32
ސުންގަޑި: 24 އޮކްޓޫބަރު 2019 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވޭތޯ ބެލުމަށް

އިޢުލާން

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ކ. ދިގުފިނޮޅުގެ (އަނަންތަރާ ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް) ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާނުގެ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލްއިން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected]  އަށް އީމެއިލްކޮށްދެއްވުމަށް އަންގާ އިޢުލާނުކުރީމެވެ.

 

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

11 ޞަފަރު   1441ހ

10 އޮކްޓޫބަރު  2019މ

10 އޮކްޓޫބަރު 2019