މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/392
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1711
ސުންގަޑި: 17 އޮކްޓޫބަރު 2019 0000
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނެޝަނަލް ހެލްތު ލެބޯޓްރީއަށް ބޭނުންވާ މެޝިންތަކާއި ސްޕެއަރތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

  އިޢުލާން

 

  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނެޝަނަލް ހެލްތު ލެބޯޓްރީއަށް ބޭނުންވާ މެޝިންތަކާއި ސްޕެއަރތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 09:00  ކުރިން procurement@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

11 ސަފަރު 1441

2019-10-10