ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2019/182
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 14 އޮކްޓޫބަރު 2019 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނާޑު ސްކައި ގޯތި ކުރިމަތީގައި އޮތް ވާސާ ގޯޅިމަގުގައި ހުރި ރުއްގަހުގެ ނީލަން ކިއުމާއި ގުޅޭ:

ފުވައްމުލަކު ފުނާޑު އަވަށު ސްކައި ގޯތި ކުރިމަތީގައި އޮތް ގޯޅި މަގު (ވާސާ ގޯޅި) ގައި ހުރި ނަންބަރ 01 އަދި ނަންބަރ 02 ޖަހާފައިވާ ރުއްގަސްތަކުގެ ނީލަންކިޔުން 14 އޮކްޓޯބަރު 2019 (ހޯމަ) ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޮކްޓޯބަރު 2019 ވަނަ ދުވަހު 9:00 އަށް  އެ ބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 15 އޮކްޓޯބަރު 2019 ދުވަހު 12:00 ގެކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން  (ކުރީގެ ފުވައްމުލަކު އޮފީސް) ގެ އިދާރާއަށް ފައިސާ ދައްކަވައި 16 އޮކްޓޯބަރު 2019 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއް ކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއްތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

މިހެންވެ މިކަން އަންގައި އިޢުލާން ކުރަމެވެ.    

06 އޮކްޓޫބަރު 2019