ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)416-CAA/416/2019/96
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1359
ސުންގަޑި: 09 އޮކްޓޫބަރު 2019 1400
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމުން/ މުދިމުންގެ ޕޫލް އެކުލަވާލުމަށް އިމާމުން/ މުދިމުން ހޯދުމަށް

އިޢުލާން

ގދ.މަޑަވެލި މިސްކިތްތަކުގެ އިމާމުންނާއި މުދިމުން އަހަރީ ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕުލޯއިމަންޓް އުސޫލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

މަޤާމް

އިމާމު / މުދިމް 

 

ބޭނުންވާ އަދަދު:

02 (ދޭއް)

 

ޕޫލްގެ މުއްދަތު:

03 މަސް

 

އުޖޫރަ:

  • އިމާމް ޝަރުތު ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ
  • މުދިމް ޝަރުތު (ޤުރުއާން ރީއްޗަށް ކިޔަވަން އެގުން، ބަންގި ގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން) ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ

 

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން:

ގދ. މަޑަވެލި މަސްޖިދުއް ތަޤުވާ މިސްކިތް

ގދ.މަޑަވެލި މަސްޖިދުލް ބަރަކާތް މިސްކިތް

 

މަޤާމުގެ ޝަރުޠު:

މުދިމްކަމުގެ ސަނަދު ނުވަތަ އިމާމުން ތަމްރީންކުރާ ކޯހުގެ ލެވެލް 1، 2، 3 ގެ ސެޓްފިކެޓްއެއް ލިބިފައިވުން ނުވަތަ އެފަދަ ކޯހެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ނުވަތަ މިސްކިތުގެ ވަގުތު ބަންގިގޮވާ އިމާމުވެ ނަމާދުކުރުމުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 ވަރަކަށް މިނިޓުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައް ހުރިނެތްގޮތް ބަލާ ރަނގަޅު ކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ވަގުތު ބަންގިގޮވައި އިމާމްވެ ނަމާދުކުރުން.
  2. މިސްކިތް ސާފުކުރާ މުވައްޒަފުންގެ މަސައްކަތް ހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް ބެލެހެއްޓުން.

 

ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ސަނަދު، ސެޓްފިކެޓްތަކުގެ ކޮޕީ.
  3. އައި.ޑީ ކާޑުގެ ކޮޕީ.
  4. ކުރިން އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ ވަޒީފާ އަދާކުރިތަނުގެ ތައްގަޑު ޖަހާފައިވާ ލިޔުމެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދޭ ފަރާތްތަކުން 09 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ.

 

2019-10-01