ކުއްޔަށް ދިނުން
ނަންބަރު: (IUL)341-ADMN/341/2019/55
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 2009
ސުންގަޑި: 08 އޮކްޓޫބަރު 2019 1030
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަފަރ ޒޯން އިން ބިން ދޫކުރުމާއި ގުޅޭ:

އުކުޅަހު އިރުމަތީ ފަރާތުން ޕާމް ޝޭޑް ގޯއްޗާއި ނޫވިލް ގޯއްޗާއި ދެމެދުން ވަށާމަގާއި ކުރިމަތިކޮށް އޮތްބިން ޕްލޮޓްތަކަކަށް ބަހާލުމަށްފަހު ދަގަނޑުންނާއި ސިމެންތި ބޭނުންކޮށްގެން އެއްވެސް އިމާރާތެއް ނުކުރެވޭ ގޮތަށް 3 އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބިޑްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

 ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރ 2019 ވއަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮކްޓޫބަރ 2019 ބުރާސްފަތި ދުވަހުގެ 10:30 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައި އޮންނަ ސިޓީ އުރައެއްގައެވެ.

   ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ، އއ. އުކުޅަހު ކައުންސިލް އިދާރާގެ ނަންބަރު 6660536 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

2019-09-30