ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)337/337/2019/63
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1555
ސުންގަޑި: 07 އޮކްޓޫބަރު 2019 1400
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

 (IUL)337/337/2019/63 ނަމްބަރ 

 

 

އިޢުލާނު

ވަޒީފާގެ ފުރުސަތު

 

މިއިދާރާގެ ނަމްބަރ: (IUL)337/337/2019/52 ( 10 ސެޕްޓެމްބަރ 2019) އިޢުލާންއާއި ގުޅިގެން ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަޤާމަށް އިޢުލާން ކުރީމެވެ.

މަޤާމު

ޑްރައިވަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ވޭޖް އުޝޫލުން  (01 އަހަރު ދުވަހުގެ މުއްދަތަށް)

މަޤާމްގެ ރޭންކް

އެސް.އެސް 2

މަޤާމްގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާރފް ގްރޭޑް 2

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ކ.މާފުށީ ކައުންސިލްގެ އިދާރާ

މުސާރަ

115.66 ރުފިޔާ ( ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް )

ސަރވިސް އެލަވަންސް

33.33 ރުފިޔާ ( ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް )

އެހެނިހެން އެލަވަންސް

-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • އިދާރާގެ ވެހިކަލްގައި ކުރުމަށް އަންގާ ދަތުރުތައް ކުރުން.
  • ހަފްތާގެ 05 ދުވަހު ކުނި ނެގުން.
  • ކޮންމެ ދުވަހަކު އެއްފަހަރު ޕިކަޕް ދޮވެ ސާފު ކުރުން.
  • ކުރެވޭ ދަތުރުތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުން.
  • ޕިކަޕަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމާއި ކުރަންޖެހޭ މަރާމާތުތައް އިދާރާއާއި ގުޅިގެން ޙައްލުކުރުން.
  • ޕިކަޕް ދުއްވުމަށް ބޭނުންވާ ތެޔޮ އޮފީހުގެ ބަޖެޓު ބަލަހައްޓާ ފަރާތާއި ގުޅިގެން ހޯދުމަށް މަސައްކަތް ކުރުން.
  • ވެހިކަލް ދުއްވުމުގައި ނުވަތަ ބެލެހެއްޓުމުގައި ދިމާވާ އެކްސިޑެންޓްތަކުން ނުވަތަ އެހެން ގޮތަކުންވެސް ލިބޭ ގެއްލުންތައް ލަސްނުކޮށް ވަގުތުން ސްޕަވައިޒަރަށް އެންގުން.
  • ސެމިނަރ، ވާރކްޝޮޕް އަދި ބައްދަލުވުންތަށް ފަދަ ޕްރޮގްރާތަށް ބާއްވާއިރު ތަންތަން ތައްޔާރުކުރުމަށާއި އެތަންތަނަށް ބޭނުންވާ ތަކެތި ގެންދިޔުން.
  • އެއްގަމު އުޅަނދު ފަހަރު ދުއްވުމުގައި ބަލަންޖެހޭ ހުރިހާ ކަންކަމަކަށް ސަމާލުވެ ރައްކާތެރިވުން.
  • މީގެ އިތުރުން އިދާރާއިން އަންގާ ވަޒީފާ އާއި ގުޅުން ހުރި ކަންކަން ކުރުން.

 

   މަޤާމުގެ ޝަރުތުތައް:

 މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރާ B1 ކެޓަގެރީ ލައިސަންސް ޙާޞިލްކޮށްފައިވުމާއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާއިން ލިބެންހުންނާނެއެވެ.

2 - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އިނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،   ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ )

       (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-ވަޒީފާގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިގޭ ރެފަރެންސް ޗެކް ފޯމް

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކާއިއެކު، އެފަރާތުން ހާސިލްކޮށްފައިވާ މޯލްޑިވްސް  ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ B1ކެޓަގަރީގެ ލައިސަންސްގެ ސާފު ކޮޕީ  ހުށަހަޅަންވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-          ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07  އޮކްޓޯބަރ 2019 ވާ ހޯމަ  ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި   މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 08 އޮކްޓޯބަރ 2019 އާއި 16 އޮކްޓޯބަރ 2019 އާ ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލްގެ ނަންބަރު 6640073 ފޯނާއެވެ.  

 

29 ސެޕްޓެމްބަރ 2019

2019-09-29