ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)347/347/2019/78
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 07 އޮކްޓޫބަރު 2019 00:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިކަޕް ޑަރައިވަރުގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް:

ޕިކަޕް ޑްރައިވަރ

މަޤާމުގެ ނަންބަރ:

J-251862

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (02 އަހަރު ދުވަހަށް)

މަޤާމުގެ ރޭންކް:

އެސް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ

ޑިޕާރޓްމަންޓް/ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މުސާރަ:

-/3470

ސަރވިސް އެލަވަންސް:

-/1000

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މަސައްކަތް ޙަވާލުކޮށް ކުނީގެ ކަންތައްތައް ސުޕަރވައިޒްކޮށް ބެލެހެއްޓުން.
  2. ގޭގެއިން ކުނި ނަގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުން.
  3. މަގުމަތީގައާއި އިޖުތިމާޢީ ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކުން ކުނި ނަގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުން.
  4. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތަކުގެ ތެރެއިން، ރީޔޫސެބަލް އަދި ރީސައިކަލް ކުރެވިދާނެ ކުނި މަސައްކަތްތެރިންނާއިއެކު ބައިބަޔަށް ބައިކުރުން.
  5. ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރުން.
  6. ކުނި އަންދާ ބެޑްތައް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
  7. އުޅަނދަށް ބޭނުންވާ ތެޔޮ އެޅުމާއި، އުޅަނދު ސާފުކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުން.
  8. ކައުންސިލްގެ ދަތުރުތައް ފިޔަވައި، ލިބޭ އެހެނިހެން ދަތުރުތައް ކުރުން.
  9. އުޅަނދުގެ ދަތުރު ލޮގް ބެލެހެއްޓުމާއި ރިޕޯރްޓުކުރުން.
  10. ރާއްޖޭގައި ހެދިފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޙުތިރާމްކޮށް ޢަމަލުކުރުން.
  11. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
  12. އަދި މިނޫނަސް ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުމާއި ކުރުވުން.

މަޤާމުގެ ޝަރުޠު:

  1. ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ C1  ފާސް/ލައިސެންސް އޮތުން

ނުވަތަ

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. އެއްގަމު އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯރމް (މި ފޯރމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެތްފިކެޓުގެ ކޮޕީ.

                                          

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 07 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްއިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

އީ-މެއިލް އެޑްރެސް: [email protected]  

 އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ  ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރ 08 ވަނަ ދުވަހާއި 2019 އޮކްޓޯބަރ 13 ވަނަ ދުވަހާއި ދެމެދުގެ ތާރީޚެއްގައި، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްއިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓުލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

35% (ތިރީސް ފަހެއް އިންސައްތަ)

މަޢުލޫމާތު ސާފުކުރުން 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680056 ނަންބަރަށެވެ. ނުވަތަ އީމެއިލް ކުރާނަމަ [email protected] އަށެވެ.

26 ސެޕްޓެންބަރު 2019