ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)473/473/2019/30
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 22:05
ސުންގަޑި: 06 އޮކްޓޫބަރު 2019 13:30
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި މިނިސްޓްރީއިން 18 އޮގަސްޓް 2019 ގައި ޝާޢިއުކުރި ނަންބަރު: IUL)473/473/2019/14) އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެކަށީގެންވާ ފަރާތެއް ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ       

މަޤާމުގެ ނަމްބަރު:

J-305410

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ޑިޕާޓްމަންޓް / ސެކްޝަން / ޔުނިޓް

ކޯޕަރޭޓް ޑިޕާޓްމަންޓް، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމެންޓް ސެކްޝަން، އެޑްމިނިސްޓްރޭޝަން ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް /  މާލެ

މުސާރަ:

މަހަކު-/ 5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު-/ 1500 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މީޓިންގ ރޫމް ބުކިންޝީޓް އަޕްޓޭޓްކޮށް ބެލެހެއްޓުން.
  2. އޮފީސް ހުޅުވާ އަދި ލައްޕާ މުވައްޒަފުންގެ ހުއްދަ އައު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން.
  3. އޮފީސް ހުލުވާ ލައްޕާ ތާވަލް ތައްޔާރުކުރުން.
  4. ހަމަޖެހިފައިވާ ގޮތުގެ މަތިން އޮފީސް ހުޅުވުން.
  5. އޮފީސް ހުޅުވާ ލެއްޕި ގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
  6. ލިބޭ ފޯން ކޯލްތަކަށް ޖަވާބުދީ ފޮނުވަންޖެހޭ ސެކްޝަންތަކަށް ފޮނުވުން.
  7. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ  ބަލަހައްޓާ، ތަކެތިބޭނުންވާ މުވައްޒަފުންނަށް ތަކެތި ދޫކުރުން.
  8. ލިބޭ ފޯން ކޯލްތަކަށް ޖަވާބުދީ ފޮނުވަންޖެހޭ ސެކްޝަންތަކަށް ފޮނުވުން.
  9. ޤަވާޢިދުން އެޑްމިން ދުވަހު ޔައުމިއްޔާ ލިޔެ ސޮއިކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  10. މިނިސްޓްރީއަށް ލިބޭ ލިޔުންތަކާއި ހަވާލުވެ އެންޓްރީކޮށް ޕީ.އެސް ލައްވާ ސޮއިކުރެވި، ސްކޭންކުރުމަށްފަހު އެ ލިޔުމެއް ހަވާލުކުރަންޖެހޭ މުވައްޒަފަކާއި ހަވާލުކުރުން.
  11. ތައްޔާރުކުރަންހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  12. އޮފީހުގެ އިސްވެރިންނާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދީ ބައްދަލުވުންތައް އިންތިޒާމްކޮށް ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  13. އިޢުލާންތައް ގެޒެޓްކުރުން.
  14. ބައްދަލުވުންތައް އިންތިޒާމްކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްކޮށް ޔައުމިއްޔާ ލިޔެ ފައިލްކުރުން.
  15. އޮފީހުގައި ފާހަގަކުރާ ދުވަސްތަކާއިވެންޓް ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  16. އިދާރީގޮތުން ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުކޮށް ފައިލްކުރުން.
  17. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދާ އަހަރީ ރިޕޯޓް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.
  18. ސެކްޝަންގެ އެހެން މުވައްޒަފެއްގެ މަސައްކަތް ވަގުތަށް ނުނިންމޭ ޙާލަތްތަކުގައި ނުވަތަ އެހެން މުވައްޒަފަކަށް ޙާޟިރުނުވެވޭ ޙާލަތްތަކުގައި އެމުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި ހިމެނޭ މަސައްކަތްތަކަށް ސެކްޝަން/ޔުނިޓްގެ ވެރިޔާ ވަގުތީގޮތުން ހަވާލުކުރާ މަސައްކަތް ކުރުމާއި އަދި ލައިބްރަރީގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 6 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3326796 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ، 2019 އޮކްޓޯބަރ 10 އާއި 2019 ނޮވެމްބަރ 10 އާ ދެމެދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                   26 މުޙައްރަމް 1441

25 ސެޕްޓެންބަރު 2019