ޢާންމު މަޢުލޫމާތު
ނަންބަރު: A7SM(IUL)/2019/03
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 04 އޮކްޓޫބަރު 2019 00:00
އާމިނާދިޔޯ ޞިއްޙީ މަރުކަޒު، ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ނީލަންކިޔުން

އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ކުރިން ބޭނުންކޮށްފައިހުރި ބައެއް ތަކެތި ނީލަންކިޔުމަށް ގަސްދުކުރަމެވެ.

އެތަކެތި ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮކްޓޯބަރު 2019 ވާ ހުކުރު ދުވަހު 16:15 ގައި މި މަރުކަޒަށް ދުރުވެ ނީލަމުގައި ބައިވެރިވެލެއްވުން އެދެމެވެ. ނީލަމުން ނަންގަވާ ތަކެތި ގެންދެވޭނީ ވަގުތުން ފައިސާ ދެއްކުމަށްފަހުގައެވެ. އަދި ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި ނީލަމުން ބައްލަވައިގަތް ތަކެތި ނުގެންދަވާނަމަ އޮންނަ އުސޫލުގެ ދަށުން އެތަކެތި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏25‏ ސެޕްޓެމްބަރ‏ 2019

25 ސެޕްޓެންބަރު 2019