ކުއްޔަށް ދިނުން
ނަންބަރު: IUL-D/423/2019/70
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 07 އޮކްޓޫބަރު 2019 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުމާއި ގުޅޭ

އިޢުލާން ނަމްބަރ: IUL-D/423/2019/70    

އިޢުލާން

ބިން ކުއްޔަށް ދިނުމާއި ބެހޭ

ފަރެސްމާތޮޑާ ޖެޓީ ސަރަހައްދުން ކުލީ ބިން ދޫކުރުމަށް ފަރެސްމާތޮޑާ ކައުންސިލުން ނިންމަވާފައިވާތީ، ކުއްޔަށް ބިން ނެގުމަށް އެދޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން  30 ސެޕްޓެމްބަރ  2019  ވާ ހޯމަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން  އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް މިބީލަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ސެޕްޓެންބަރު 2019