ދެންނެވުން
ނަންބަރު: (IUL)320-PRM/320/2019/59
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1229
ސުންގަޑި: 28 އޮކްޓޫބަރު 2019 1300
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

އިޢުލާން

 

އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

 

 

              އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި 1400 އަކަފޫޓްގެ 158 ގޯތި ދޫކުރުމަށް ނިންމާ، ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި ކުރިމަތިލުމުގެ އެފުރުޞަތު ހުޅުވާލައިފީމެވެ.

                ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން "ބ. އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 28 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެފޯމްގެ އަޞްލު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނޫންގޮތަކަށް ހުށަހަޅާފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 ސެޕްޓެންބަރު 2019 ވާ އާދީއްތަދުވަހުން ފެށިގެން 28 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 13:00  ށް ރަސްމީދުވަސްދުވަހުގެ ރަސްމީގަޑީގައެވެ.

                 " ބ. އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް"  25 ސެޕްޓެންބަރު 2019 ވަނަ ދުވަހުން ފެށިގެން ރަސްމީގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.eydhafushi.gov.mv  ން  ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

                މިއިޢުލާނާއިއެކު "ބ. އޭދަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް  - 2019"  އާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އަންގައިދޭ ކުރެހުންތައް ޝާއިޢުކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

2019-09-24