ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2019/169
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 23 އޮކްޓޫބަރު 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން A ކެޓަގަރީގެ ދަށުން ފުވައްމުލަކު ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ 35 (ތިރީސްފަސް) ފްލެޓާއި B ކެޓަގަރީގެ ދަށުން ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ 5 (ފަހެއް) ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 2019 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުން ފެށިގެން 2019 އޮކްޓޯބަރ 23 ވާ ބުދަ ދުވަހުގެ 14:00 އަށް ހުޅުވާލަމެވެ. 

ފްލެޓަށް އެދިލައްވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިޔަށްދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއިންނެވެ. (ކުރީގެ ރަށުއޮފީސް ޢިމާރާތް)

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

24 ސެޕްޓެންބަރު 2019