މަސައްކަތް
ނަންބަރު: (IUL)URH/2019/14
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 25 ސެޕްޓެންބަރު 2019 10:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކުރަންހުރި މަރާމާތުތައް

 ނަމްބަރ:(IUL)URH/2019/14

އިޢުލާން

މި ހޮސްޕިޓަލްގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް.

     މިހޮސްޕިޓަލްގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 18 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން 22 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީގެ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަނަށްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ.  އަދި 23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލް އަދި މިނިސްޓްރީި އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނު 11:00  ގެ ކުރިން [email protected] ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

                    19 މުހައްރަމް 1441    

        18 ސެޕްޓެމްބަރ 2019  

18 ސެޕްޓެންބަރު 2019