ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2019/71
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 26 ސެޕްޓެންބަރު 2019 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޮންޓްރެކްޓް މަސައްކަތު މަޤާމަށް މީހުން ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

އާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ކްއާޓަރ މާސްޓަރ ސަރވިސް

1

މާލެ

ގިރިފުށީ ޓްރޭނިންގ ސެންޓަރ

2

ގިރިފުށި

ޓްރާންސްޕޯޓް ސަރވިސް

1

މާލެ

ނޮދަން އޭރިއާ/ ޅ. މާފިލާފުށި

2

ޅ. މާފިލާފުށި

ހުޅުލެ ޕޯސްޓް / މާލެ އޭރިޔާ

2

ހުޅުލެ

މަޤާމު:

މަސައްކަތު

 

މުސާރަ:

(މަހަކު) -/4865 ރުފިޔާ  

 

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

 

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

 

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ،        2019 ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322601  ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 18 މުޙައްރަމް    1441

17 ސެޕްޓެންބަރު 2019