ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)416-CAA/416/2019/87
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 23 ސެޕްޓެންބަރު 2019 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

15 ސެޕްޓެމްބަރ 2019 ން 28 ފެބްރުއަރީ 2020 އަށް މަޑަވެލި ކައުންސިލްގެ އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަގާމް: އިޖްތިމާޢީ ކޮމިޓީ މަސައްކަތު

ބޭނުންވާ އަދަދު: 01

އުޖޫރަ: -/1300 ރ

މަގާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލުން ސާފުކުރުމަށް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް އެސަރަހައްދުތައް ސާފުކުރުން.
  • އިޖްތިމާޢީ ކަންކަމާއި ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންތައްތަކަށް މިއިދާރާއިން އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިޖާބަދީ އަމަލީގޮތުން އެކަމެއްގައި ބައިވެރިވުން.
  • ކައުންސިލުން ހިންގާ ހަރަކާތްތަކާއި، މުނާސަބަތާއި ގުޅިގެން ސާފުތާހިރު ކުރަންޖެހޭ ތަންތަން ސާފްކުރުން.

 

        ވީމާ، މިމަޤާމަށް ޝައުޤުވެރިވެލައްވާ ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ބޭފުޅުން ޝައުޤުވެރިކަން ފާޅުކޮށް ލިޔުމުން ޝައުޤުވެރިވާ މަޤާމް އެގޭގޮތަށް 23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު މެންދުރު 14:00 ގެ ކުރިން މަޑަވެލި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

15 ސެޕްޓެންބަރު 2019