ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-C/327/2019/157
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1932
ސުންގަޑި: 22 ސެޕްޓެންބަރު 2019 1200
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު އުތުރު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން

ޅ.ނައިފަރު އުތުރު ސިނާއީ ސަރަހައްދުން ކުރިން ކުއްޔަށް ދޫކުރެވި، ނަމަވެސް މިހާރު ހުސްކޮށްހުރި ބިންތައް ކުއްޔަށް ހިފުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ފޯމް ވިއްކުން

12 ސެޕްޓެމްބަރ 2019 އިން ފެށިގެން 22 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓްސް ގަންނަން ލިބޭނެއެވެ. ބިޑް ޑޮކިއުމެންޓްސް ވިއްކާނީ ދެންނެވިފައިވާ ތާރީޚުން ފެށިގެން ކޮންމެ ދުވަހެއްގެވެސް 9:00 އިން 12:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއިންނެވެ.

 ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ޑޮކިއުމެންޓްސް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 50.00 ރުފިޔާއެވެ.

 

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

މި ބިޑާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 22 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 12:30 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގް އަށް ވަޑައިގަންނަވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނަވަން ވާނެއެވެ. ބިޑް ޑޮކިއުމެންޓްސް ބައްލަވައި ގަންނަވާ ބޭފުޅުންގެތެރެއިން ޕްރީ ބިޑް މީޓިންގްއަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބިޑް އޯޕެން މީޓިންގްގައި ބައިވެރިވެވޭނެއެވެ.

 

 

ބިޑް އޯޕަން މީޓިންގް

ބިޑް ޑޮކިއުމެންޓްސް ބައްލަވައިގަނެފައިވާ ފަރާތްތަކުން، ބިޑްހުށަހަޅާ ފޯރމް ފުރިހަމަކޮށް ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ.

                   ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

2019-09-11