ޢާންމު މަޢުލޫމާތު
ނަންބަރު: MCA/IL/005/2019
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 30 ސެޕްޓެންބަރު 2019 14:00
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޗެސް އެސޯސިއޭޝަގެ ހިންގާ ކޮމެޓީގެ ހުސްވެފައިވާ މަޤާމްތަކަށް މެމްބަރުކަމަށް ނަން ހުށައެޅުމަށް ހުޅުވާލުން

މޯލްޑިވްސް ޗެސް އެސޯސިއޭޝަން ހިންގާ ކޮމެޓީ އިން ހުސްވެފައިވާ (2)ދެއް މަގާމަށް މެންބަރުން ނަން ހުށައެޅުމަށް ހުޅުވާލަމެވެ. ހުސްވެފައިވާ މަޤާމްތައް ތިރީގައި މިވަނީ އެވެ.

-        ކްލަބް މެންބަރުން

މި މަޤާމްތަކަށް ނަން ހުށައެޅޭނީ މިވަގުތު ފުރިހަމަ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މެންބަރުންގެ ތެރެއިން ހިންގާ ކޮމެޓީގައި ކްލަބް މެންބަރުން ތަމްސީލު ނުކުރާ ކްލަތަކަށެވެ. އެއް ކްލަބް ތަކަކީ؛

-        ކްލަބް ގާމާގު ސްޕޯޓް ކްލަބް

-        ޑީ.އެކްސް ސްޕޯޓްސް ކްލަބް

-        ކްލަބް ޗެކް މޭޓްސް

މި ކްލަބް ތަކުން ނަންތައް ހުށައެޅުމަށް 15 ސެޕްޓެންބަރ 2019 އިން ފެށިގެން 30 ސެޕްޓެންބަރ 2019 ދެމެދު ހުޅުވާމަވެ.

އަދި މެންބަރުންގެ ނަން ހުށައަޅާ ފޯމް އެސޯސިއޭޝަން އޮފީހުން ލިބެން ހުއްނާނެވާހަކަ ދަންނަވަމެވެ.

ފޯމާއިއެކު ހުށައަޅަންޖެހޭ ތަކެތި:

  1. ކުލަބުން ހުށައަޅާ ފުރިހަމަ ކޮށްފައިވާ ފޯމް.
  2. ނަން ހުށައަޅާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީ.

 

  1. ކުލަބުގެ ރަޖިސްޓްރީ ނަންބަރު އިނގޭފަދަ ލިޔުމެއް.
  2. ހުށައަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ނަމަ ،7310073 އާއި ގުޅުއްވުން އެދެމެވެ.

 

12 ސެޕްޓެންބަރ 2019

11 ސެޕްޓެންބަރު 2019