ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)160-A/1/2019/47
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1304
ސުންގަޑި: 19 ސެޕްޓެންބަރު 2019 1400
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ފުވައްމުލަކު ގޮފީގައި 2019 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް

އިޢުލާން

 

  ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ފުވައްމުލަކު ގޮފީގައި 2019 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

 

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:        8 ހަފްތާ

 

        ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭފޯމު 2019 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުގެ ފުވައްމުލަކު ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2019 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު މި މަރުކަޒުގެ ފުވައްމުލަކު ގޮތްޕަށް ހުށަހެޅުން އެދެމެވެ.

2019-09-11