ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182/FCD/2019/18
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 0947
ސުންގަޑި: 19 ސެޕްޓެންބަރު 2019 0000
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކާބޯތަކެތީގެ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުން

އިޢުލާން

 

ކާބޯތަކެތީގެ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުން

 

'މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ގާނޫނު' (1/96)،'މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމާބެހޭ ގަވާއިދު' (2011/R-26)،'ކާބޯތަކެތި ޢިޝްތިހާރުކުރުމުގެ ގަވާއިދު ' އަދި 'ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު' (MFDA-FS/R1-2008)ގެ ދަށުން މިޤާނޫނު އަދި ގަވާއިދުތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ފިޔަވަޅު އަޅާނެ ގޮތް ކަނޑައަޅާފައިވާ "ކާބޯތަކެތީގެ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ގޮތުގެ އުސޫލު" އާއްމު ކުރުމަށްޓަކައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައެވެ.

ވީމާ، 15 އޮކްޓޫބަރު 2019 އިން ފެށިގެން މި އުސޫލާއި އެއްގޮތަށް ޢަމަލުކުރާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުނަމަ ފުޑް ކޮންޓްރޯލް ޑިވިޝަންގެ 3014361 ނުވަތަ 7603204 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

                  11 މުޙައްރަމް 1440ހ.

2019-09-11