ދެންނެވުން
ނަންބަރު: (IUL)475-Reg/475/2019/130
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1416
ސުންގަޑި: 01 ޖަނަވަރީ 1970 0500
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރަޖިސްޓްރީކުރެވިފައިވާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ މުޢާމަލާތުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރެވޭ އިޢުލާން:

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ރަޖިސްޓްރީކުރެވިފައިވާ، މަތީ ތަޢުލީމާއި ތަމްރީނުދޭ ބައެއް މަރުކަޒުތަކުން މިނިސްޓްރީއާ ހިއްސާކުރައްވައިފައިވާ އީމެއިލް އެޑްރެހާއި ފޯނު ނަންބަރުތަކުން، އެ ފަރާތްތަކާ ނުގުޅޭތީ މި މިނިސްޓްރީއަށް ދަތި ތަކާ ކުރިމަތިވެއެވެ. މި ގޮތަށް ގުޅަން ބޭނުންވެ ނުގުޅިފައިވާ މަރުކަޒުތަކުގެ ލިސްޓް، މި މިނިސްޓްރީގެ ވެބްސައިޓް (ލިންކް) ގައި ޝާއިޢުކުރެވިފައިވާނެއެވެ.

ވީމާ، މިދެންނެވި މަރުކަޒުތަކާ ގުޅޭނެ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް 24 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް (planning@mohe.gov.mv) މެދުވެރިކޮށް މި މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދެމެވެ. މި ދެންނެވި ލިސްޓުގައިވާ މަރުކަޒެއް އެއްވެސް ސަބަބަކާހުރެ އުވާލުމަށް ބޭނުންފުޅުވާނަމަ އެކަން މި މުއްދަތެއްގައި މި މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ މުއްދަތުގައި މަތީގައި ދެންނެވިފައިވާ މަޢުލޫމާތު މި މިނިސްޓްރީއާ ހިއްސާ ނުކުރައްވާ ހުރިހާ މަރުކަޒުތަކުގެ ނަންތައް މިނިސްޓްރީގެ ވެބްސައިޓްގައިވާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ލިސްޓުން އުނިކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

2019-09-10