ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VAH/J1-HP/2019/2
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1346
ސުންގަޑި: 18 ސެޕްޓެންބަރު 2019 1400
ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވ. ފުލިދޫ ޞިއްޙީމަރުކަޒަށް ރެޖިސްޓަރޑް ނަރސް މަޤާމަށް މީހަކު ހޯދުމަށް

ވ. އަތޮޅު ހޮސްޕިޓަލް

ވ. ފެލިދޫ / ދިވެހިރާއްޖެ

                                    ނަންބަރު: IUL)VAH/J1-HP/2019/2)

އިޢުލާން

 

 

ވ. ފުލިދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ، ޤާބިލް މީހެކެވެ.

މަޤާމު

ރެޖިސްޓަރޑް ނާރސް  / ސީނިއަރ ރެޖިސްޓަރޑް ނާރސް /ކްލިނިކަލް ނާރސް

މަޤާމުގެ ނަންބަރު

J-305762

ބޭނުންވާ ޢަދަދު

01  (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ނަރސިންގ ޕްރޮފެޝަނަލްސް

މަޤާމު އޮތް އޮފީސް

ވ. ފުލިދޫ   ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ވ. ފުލިދޫ   ޞިއްޙީ މަރުކަޒު / ވ. ފުލިދޫ   

މަޤާމު

ސިވިލްސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ މަހަކު ( ރުފިޔާ)

ރެޖިސްޓަރޑް ނާރސް

CS8-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

-/9060

CS8-2

ރެޖިސްޓަރޑް ނަރސް ، ސީއެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިންސައްތައިން މާކްސް ހޯދާފައިވުން

-/9210

 

CS8-3

މޯލްޑިވްސް ނަރސިންގ މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށް ފައިވުން

-/9360

ސީނިއަރ ރެޖިސްޓަރޑް ނާރސް

CS10-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ  ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު ، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/9670

CS10-2

ރެޖިސްޓަރޑް ނަރސް ، ސީއެސް 1-10 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން .

-/9920

CS10-3

ސީނިއަރ ރެޖިސްޓަރޑް ނަރސް ސީއެސް 2-10 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން  ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން .

-/10160

ކްލިނިކަލް ނާރސް

CS12-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ  ކައުންސިލް ޤަބޫލުކުރާ  ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ  ލިބިފައިވުން .

-10410

 

CS12-2

ކްލިނިކަލް ނަރސް ސީއެސް 1-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

-/10660

 

CS12-3

ކްލިނިކަލް ނަރސް ، ސީއެސް 2-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

 

ސަރވިސް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/120 ރުފިޔާ

އެހެނިހެން އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

1. ބަލިމީހުންނަށް ނަރސިންގ ކެއަރދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު  އެމީހުންގެ ޖިސްމާނީ ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން .

2. ބަލިމީހުންނަށް ދިމާވާ އާދަޔާޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން

އެ ޑޮކްޓަރަކަށް އެންގުން.

3. ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށްދެވޭ ފަރުވާގެ ރިހެބިލިޓޭޝަނާބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން.

4.  ކުޑަވަގުތުކޮޅަކަށް ބާއްވައިގެން ފަރުވާދޭންޖެހޭ ފަރާތްތަކަށް އޮބްޒަވޭޝަން ޚިދުމަތްދިނުމުގެ ކަންތައްތައް ބެލެހެއްޓުން.

5. ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި ، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖުކުރުން .

6. ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާމީހުންނަށް ހެލްތު އެޑިޔުކޭޝަން ދިނުމާއި ޚާއްޞަގޮތެއްގައި މާބަނޑު މީހުންނާއި

ވިހެއުމަށްފަހު ދޫކޮށްލާ ބަލީމީހާގެ އާއިލާއަށް (މަންމަ އަދި ބައްޕަ ) އަށް ގާތުން ކިރުދިނުމާއިބެހޭ ގޮތުންނާއި ދޭތެރެ ދުރުކުރުމާއި ބެހޭގޮތުން މައުލޫމާތުދިނުން .

7. ޞިއްޙީގޮތުން މީހުންހޭލުންތެރިކުރުމަށާއި ހެލްތު ޕްރޮމޯޝަން ސެކްޝަނުން ހިންގޭތަފާތު ޕްރޮގްރާމުތަކުގައި

ޢަމަލީގޮތުން ބައިވެރިވުން.

8. ޑިއުޓީއާއި ޙަވާލުވުމުގެކުރިން އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ރިޕްލޭސްކުރުން .

9. ޞިއްޙީމަރުކަޒުން ބަލިމީހަކު މާލެ ނުވަތަ އެހެންވެސް ތަނަކަށް ރިފަރކުރަންޖެހިއްޖެ ހާލަތެއްގައި އެމީހަކާއެކު އެތަނަކަށް ދިއުން.

10.  ޞިއްޙީމަރުކަޒުގެ ސާފުތާހިރުކަން  ދެމެހެއްޓުމާއި ޔުނިވަރސަލް އިންފެކްޝަން ޕްރޮޓޮކޯލްއާއި އެއްގޮތަށް

ޢަމަލުކުރުން .

11. ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި ތަފާސް ހިސާބުތަކާއި ލިޔުންތައް ތައްޔާރުކުރުން .

12. ނަރުހުންގެ އިންޗާރޖުގެ ހައިސިއްޔަތުން މަސައްކަތްކުރަންޖެހިއްޖެނަމަ ، ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް

ކޮންމެ ހަފްތާއެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ފެންނާނެހެން  ބެހެއްޓުމާއި އެ މުވައްޒަފުންގެ މަސައްކަތްތައް

ސްޕަވައިޒުކޮށް އެކަށޭނަ ފީޑުބެކްދިނުން.

13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން  ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

 

- ގައިންގަޔަށް އަރާބަލިތަކަށް އެކްސްޕޯޒުވުން

- ބަލިމީހުންނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫނަސް ތޫނުތަކެތިން ) ލިބިދާނެ ގެއްލުމެއް

- ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން

- ބަލިމީހުންގެ ހަށިގަނޑުން ބޭރުވާދިޔަ ( ލޭ، ދޮސް، ހޮޑު، ކުޑަކަމުދާއެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން

- ރޭޑިއޭޝަން ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން

- އާމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފުސާނީ  ގެއްލުންތައް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމުރީނަށް ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި

ހެލްތް މިނިސްޓްރީގެ http://health.gov.mv  ވެބްސައިޓުންނާއި ވ. ފުލިދޫ  ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

  މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު

  ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

   (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓތަކުގެ ކޮޕީ

(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ  ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

  (ނ) ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތު ތަޖުރިބާގެ ލިޔުންތައް .

  (ހ) ސިވިލްސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން .

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 18 ސެޕްޓެމްބަރ  2019 ވަނަ ދުވަހުގެ 14.00 ގެ ކުރިން ވ. ފުލިދޫ  ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ  19 ން 21 ށް ވ.އަތޮޅު ހޮސްޕިޓަލްގައެވެ.  ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ވ. ފުލިދޫ   ޞިއްޙީމަރުކަޒުގެ 6700605 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ v.fulidhoohc@health.gov.mv އެވެ.

 

 

09  ސެޕްޓެމްބަރ   2019

2019-09-09