މަސައްކަތް
ނަންބަރު: KS-B/2019/18
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 12 ސެޕްޓެންބަރު 2019 14:00
ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
އޮފިޝަލް ޔުނިފޯމްގެ ފޮތިހޯދުމުގެ

 އާޔުނިފޯމްގެ ފޮތި ރާއްޖެ އެތެރެކޮށް ވިއްކުމަށް ހުޅުވާލުން

 

މިސްކޫލްގެ ނަންބަރު: KS-B/2019/14  އިއުލާން އާއި ގުޅިގެން އެކަށީގެންވާ ވަރަށް އެސްޓިމޭޓް ހުށައަޅާފައި ނުވާތީ އެއިއުލާން ބާތިލްކޮށްފީމެވެ. ވީމާ އަލުން އާޔުނިފޯމްގެ ފޮތި ރާއްޖެ އެތެރެކޮށް އާންމުކޮށް ވިއްކުމަށް ހުރިހާފަރާތްތަކަށްވަނީ ހުޅުވާލެވިފައެވެ.

ވީމާ މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2019 ވަނަދުވަހުގެ 8:30 އިން 12 ސެޕްޓެމްބަރ 2019 ވަނަދުވަހުގެ 14:00 އަށް ސްކޫލުގައި ރެޖިސްޓްރީ ކުރުމަށްފަހު މައުލޫމާތާއި ފޮތީގެ ސާންޕަލް ގެންދެވުން އެދެމެވެ. އަދި 19 ސެޕްޓެމްބަރ 2019 ވަނަދުވަހުގެ 11:00 އަށް ފޮތީގެ ސާންޕަލް އަދި އެސްޓިމޭޓް ހުށައެޅުއްވުމަށް ދެންނެވީމެވެ. މިމުއްދަތުގައި ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް މިބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.  

                    09  މުހައްރަމް           1441ހ        

                    08   ސެޕްޓެމްބަރ        2019މ 

08 ސެޕްޓެންބަރު 2019