މަސައްކަތް
ނަންބަރު: (IUL)388-PRO/388/2018/50
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 12 ސެޕްޓެންބަރު 2019 11:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ބިންސާފުކުރުމާއިގުޅޭ

ފުޓްސަލްދަނޑުގެ ބިންސާފުކުރުމާގުޅޭ

                                   

                          ވަންދޫ ފުޓްބޯޅަ ދަނޑުގެ ދެކުނުން ފުޓްސަލްދަނޑު އެޅުމަށް ހަމަޖެހިފައިވާ 95 ފޫޓް 140 ފޫޓްގެ ބިމާއި މަގުގައިވާ 76 ރުކާއި 6 ގަސް ނަގައި ބިންސާފުކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 5 ސެޕްޓެމްބަރ 2019 ވަނަ ދުވަހު 10:00 ގައި މިއިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު 12 ސެޕްޓެމްބަރ 2019 ވަނަ ދުވަހު 11:00 ގައި މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ޙާޟިރުވާނަމަ ވެރިފަރާތުގެ ނުވަތަ ކުންފުނީގެ ރަސްމީ ސިޓީއެއް މަތީގައި ބަޔާންކުރެވިފައިވާ ތަކެތީގެ އިތުރުން ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ. މިއިއުލާޏާއިއެކު ރުއްގަހުގެ ލިސްޓް އާއްމު ކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ.

                    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

28 އޮގަސްޓް 2019