ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-HRS/199/2019/50
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 11 ސެޕްޓެންބަރު 2019 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-303150

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން:

ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް އިމްޕްލިމެންޓޭޝަން

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  5. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ.
  6. ސޯޝަލް ވޯރކް ނުވަތަ ސޯޝިއޮލޮޖީ ގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި 2473.80 ރުފިޔާ ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1100ރުފިޔާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ދައުލަތުގެ އެހީ ފޯރުކޮށްދިނުމަށް މިއެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާއީ ރައްކާތެރިކަމާއި ގުޅޭ އެންމެހައި ޕްރޮގްރާމްތައް (ފަޤީރު ޙާލުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހއްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް،ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ) ތަންފީޒުކުރުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ޞައްޙަކަން ބަލާ އެހީ ފޯރުކޮށްދިނުމަށް  ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން
  2. މިއެޖެންސީއިން ކުރިއަށް ގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  3. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ދިނުމާއި ގުޅޭ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  5. މިއެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއިގުޅޭ ތަފާސްހިސާބުތައް ބަލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް ބޭނުންވާ ރިޕޯރޓުތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާއި ހިއްސާކުރުން.
  6. މިއެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާއީ ރައްކާތެރިކަމާއި ގުޅޭ އެންމެހައި ޕްރޮގްރާމްތަކާއި ގުޅިގެން ހަދަންޖެހޭ ޤާވާއިދުތަކާއި ސިޔާސަތުތައް ޕޮލިސީ ސެކްޝަނާއި ގުޅިގެން ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ރިވިއުކޮށް އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފޯމުތަކާއި މެދު ކޮމިޓީން ނިންމާ ނިންމުންތައް ޑޭޓަރ ބޭސްއިން ދުވަހުން ދުވަހަށް އަދާހަމަކުރުން.
  8. އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދޭ ޕްރޮގްރާމް ތަކާއި ގުޅިގެން ދިމާވާ ދަތިތައް ދެނެގަނެ، މިކަމާއިގުޅޭގޮތުން ސީ.އީ.އޯ އަށް ބޭނުންވާ ލަފާ އެރުވުން.
  9. މިއެޖެންސީގެ އެޗް.އާރު.އެމް.ޑީ އަދި ޓެންޑަރ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. ބެޔަސް ނުބެޔަސް ޕްރޮގްރާމްގެ ދަށުން އެހީ ލިބޭ ފަރާތްތަކަށް ދޭންޖެހޭ އެހީދިނުމުގެ މަސައްކަތް ރާވައި ހިންގުން.
  11. މިޖެންސީގެ ޕްރޮގްރާމް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް އަދި ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.

 

މަޤާމުގެ ޝަރުޠުތައް:

ސޯޝަލް ވޯރކް ނުވަތަ ސޯޝިއޮލޮޖީ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ  ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސާވިސަސްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

 

ސޯޝަލް ވޯރކް ނުވަތަ ސޯޝިއޮލޮޖީ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސާވިސަސްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމު
  2. ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
  3. މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
  4. އިމްތިޙާން/ ޕްރެކްޓިކަލްސް
  5. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް(އިންސައްތައަށްވުރެ މަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 3003535 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،2019 ސެޕްޓެންބަރު ނުވަތަ 2019 އޮކްޓޫބަރުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3005353 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

  

02 ސެޕްޓެންބަރު 2019