ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއިދާރާއަށް އެއަރކޮންޑިޝަންތަކެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި 57-T/IU/2019/24ނަންބަރ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، ވޯލްމައުންޓް އެއަރކޮންޑިޝަންއާއި ސީލިން މައުންޓް އެއަރކޮންޑިޝަން 6 މަސް ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 9 ސެޕްޓެންބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
2 މުޙައްރަމް 1441
1 ސެޕްޓެންބަރ 2019