ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2019/170
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 03 ސެޕްޓެންބަރު 2019 14:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

ކުޑަކުދިންނާއި ޢާއިލާ ރައްކާތެރިކުރުމުގެ ނިޒާމް ހަރުދަނާ ކުރުން

 

މަޤްޞަދު: މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކ. ވިލިގިލި އަދި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކޮށް މަރުކަޒުގައި ބައިތިއްވާ ކުދިންގެ ރައްކާތެރިކަންކަށަވަރުކޮށް އެހީތެރިކަން ފޯރުކޮށްދިނުން.

ކުރަންޖެހޭ މަސައްކަތްތައް:

  • އިއުލާންއެކު އެޓޭޗްކުރެވިފައިވާ ޓަރމްސް އޮފް ރިފަރަންސްގެ (ޓީ.އޯ.އާޜް) 6 ވަނަ މާއްދާގައި ހިމެނިފައި.

މަސައްކަތް ކުރަންޖެހޭ ތަން:

      ވިލިގިލީގައި ޤާއިމް ކުރެވިފައިވާ ކުޑަކުދިންގެ ހިޔާ

ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ފިޔަވަތި

ބޭނުންވާ އަދަދު:

       2 (ދޭއް)

 

މުއްދަތު:

 4 (ހަތަރު) މަސް

މަސައްކަތު ގަޑި:

      ދުވާލަކު 8 ގަޑިއިރު، ހަފްތާއަކު 5 ދުވަހު

މަސައްކަތުގެ އަގު:

      ކޮންމެ މަހަކު 22,000/- (ބާވީސްހާސް ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  1. ސޯޝަލް ވޯކް، ސޯޝަލް ސައިންސް ނުވަތަ މި ދާއިރާއާއި ގުޅޭ ދާއިރާއަކުން ފަންނީ ތަޖުރިބާ ލިބިފައިވުން.
  2. ސޯޝަލް ވޯކް، ސޯޝަލް ސައިންސް ނުވަތަ މި ދާއިރާއި ގުޅޭ އެހެން ދާއިރާއަކުން މާސްޓަރސް ނުވަތަ ބެޗެލަރސް ޑިގްރީ ހާޞިލްކޮށްފައި ވުން.
  3. ތަޢުލީމީ ދާއިރާއަކުން މާސްޓަރސް ނުވަތަ ބެޗެލަރސް ޑިގްރީ ހާޞިލްކޮށްފައި ވުން.
  4. ތަޢުލީމީ ދާއިރާއިން މަދުވެގެން މެނޭޖްމަންޓް ލެވެލްގެ ފަންނީ ތަޖުރިބާ ލިބިފައިވުން.
  5. ކުޑަކުދިންގެ ހައްޤުތައް ކުރިއެރުވުމާއި ރައްކާތެރިކަންދިނުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  6. ދިވެހިރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަށް އަހުލުވެރި ފަރާތެއް ކަމުގައި ވުން.
  7. މީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން.
  8. ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.
  9. ކޮމްޕިއުޓަރ ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން ( މައިކްރޮސޮފްޓް ވޯޑް، އެކްސެލް އަދި ޕަވަރ ޕޮއިންޓް).

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރިކަން ބަޔާންކޮށް ހުށަހަޅާ ސިޓީ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • މި މަސައްކަތްކުރުމަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށައަޅަންވާނެވެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތާއި ކުރި މަސައްކަތް އެނގޭނޭ ލިޔުމެއް.

 

ސުންގަޑި

  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިއުންތައް ހުށައަޅާނީ، 3 ސެޕްޓެމްބަރ 2019 ވާ އަންގާރަދުވަހުގެ  ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ބިއްލޫރިޖެހިގެ / މަޖީދީމަގު އަށެވެ.

 

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ގުޅުއްވާނީ ފޯނުންނަމަ 3013017 /3027575 އަށް، އަދި އީ-މެއިލް އިން ނަމަ [email protected] އަށެވެ.

 

25 އޮގަސްޓް 2019