ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ނަންބަރ: IUL)468-HR/468/2019/144) |
|
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމްގެ ނަންބަރ |
J-30925 |
ބޭނުންވާ ޢަދަދު |
1 (އެކެއް ) |
މަޤާމްގެ ގިންތި |
ދާއިމީ |
މަޤާމްގެ ރޭންކް |
ޖީ.އެސް. 04 |
މަޤާމްގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 02 |
ވަޒީފާ އަދާކުރަން ޖެހޭ ތަން |
ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ |
މުސާރަ |
-/5020 ރުފިޔާ |
ސަރވިސް އެލަވެންސް |
-/1500 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
- މަސްވެރިކަމުގެ ލައިސްންސް ދޫކުރުމާގުޅޭ އެންމެހައި މަސައްކަތް ކުރުމާއި ލައިސަންސް ދޫކުރުން - މަސްވެރިކަން ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން - މަސްވެރިންނަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ދޭންޖެހޭ ތަމްރީނުތައް ދިނުން - ގޭގެއަށް އުނދަނގޫވާތީ ކަނޑާލުމަށް ގޭގެ ވެރިފަރާތުން އެދޭ ރުއްގަސް ކެނޑުމުގެ ހުއްދަ ދޫކުރުން - ލިޔަންކިޔަން އެނގޭތޯ ބެލުމަށް ދެވޭ އިމްތިހާން ދިނުމާއި، ފާސްވާ ފަރާތްތަކަށް ލިޔަންކިޔަން އެނގޭ ކަމުގެ ލިޔުން ދޫކުރުން - ކަނޑުގައި ދުއްވާ އުޅަނދުފަހަރު ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ސާވޭ ކުރުން - ބިދޭސީންގެ ކޯޓާ ހޯދުމަށް ބޭނުންވާ ފަރާތްތަކުގެ ވޯކްސައިޓްތައް ޗެކްކުރުން - އެކި އެކި ވިޔަފާރި ރަޖިސްޓްރީ ހުއްދަ ދޫކުރުމަށްޓަކައި ސާވޭ ކުރަންޖެހޭ ތަންތަން ސާވޭ ކުރުން - ބިދޭސީން މަސައްކަތް ކުރާ ސައިޓްތަކާއި އެމީހުން ދިރިއުޅޭ ތަންތަނުގެ ސާވޭކުރުމާއި މަޢުލޫމާތު އަޕްޑޭޓް ކުރުން - ސަރުކާރުގެ އެކިއެކި ވުޒާރާ ތަކާ ކައުންސިލާ ގުޅިގެން ހިންގަންބޭނުންވާ އެކިއެކި ސާވޭތައް ކުރުމުގެ މަސައްކަތް ކުރުން - ޑިޒާސްޓަރ އާއި ކާރިޘާ ތައް ދިމާވާ ވަގުތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް - ކައުންސިލުން ހިންގާ އެކިއެކި މުބާރާތްތަކާއި އެހެނިހެން އިވެންޓްތައް ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދިނުން - އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑު ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ޕްރިންޓްކުރުން - ކައުންސިލުން ހިންގާ އެންމެހައި ޙަރަކާތްތަކާއި ކަންކަމުގައި ބައިވެރިވެ އެހީތެރިވުން |
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ 2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ 3. ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް |
ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. ( ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860958 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 ސެޕްޓެމްބަރ 2019 އާއި 26 ސެޕްޓެމްބަރ 2019 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ. |
ޝޯޓް ލިސްޓުކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ |
މިއިދާރާގެ ފޯން ނަންބަރ 6865001،6860004، 6862030, ފެކްސް: 6860958 އީމެއިލް: [email protected] |