ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-MMI/PSM/2019/67
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 27 އޮގަސްޓް 2019 16:00
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ ހޯދުން

ރާގަށް ބަންގި ގޮވަން ދަސްކޮށްދޭނެ ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

އިޢުލާން

 

އަންނަ ސެޕްޓެމްބަރ މަހު މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ، ރާގަށް ބަންގިގޮވަން ދަސްކޮށްދޭ ވޯކްޝޮޕްގައި ބަންގިގޮވަން ދަސްކޮށްދިނުމަށް ޝައުގުވެރިވާ ޕާޓްޓައިމް ލެކްޗަރަރއިން ހޯދަން ބޭނުންވެއެވެ.

ޕްރޮގްރާމް/ވޯކްޝޮޕް:

 ރާގަށް ބަންގިގޮވަން ދަސްކޮށްދޭ ވޯކްޝޮޕް

މުއްދަތު

5 ހަފްތާ، ހަފްތާއަކު 2 ގަޑިއިރު (ޖުމްލަ 10 ގަޑިއިރު / ހަފްތާ ބަންދުގައި)

ޝަރުތު:

-  ގުޅޭ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ

-  މަދުވެގެން 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

ހަވާލުކުރެވޭ މޮޑިއުލާ ނުވަތަ މޮޑިއުލްތަކާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދިއުން

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (ޕަބްލިކް ސަރވިސް މީޑިއާ)

އިތުރު މަޢުލޫމާތު:

ފޯން: 3000340 އަދި އީމެއިލް އެޑްރެސް: [email protected]

ވީމާ، މިވޯކްޝޮޕް ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު ޝައުގުވެރިކަން ފާޅުކުރައްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަށް 27 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 16.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

              19 ޒުލްޙިއްޖާ 1440

              22 އޯގަސްޓް 2019

22 އޮގަސްޓް 2019