ވަޒީފާގެ ފުރުޞަތު
ނަންބަރު: ASMH/IUL/2019/9
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 01 ސެޕްޓެންބަރު 2019 14:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

            ގދ. ތިނަދޫ، 

              ދިވެހިރާއްޖެ.                                                           ނަންބަރު: ASMH/IUL/2019/9  

                                                                   

އިޢުލާން

މިދާއިރާގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަމެވެ.  

 

 

މަޤާމް

ސ. އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:


J-311558

ބޭނުންވާ ޢަދަދު:

01 ( އެކެއް )

ގިންތި: 

ދާއިމީ

ރޭންކް:

އެމް. އެސް 1

ކްލެސިފިކޭޝަން: 

ސ. އޮފިސަރ ގރ 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ، ގދ. ތިނަދޫ

މުސާރަ:

-/5610 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ ( މަހަކު )

 

 

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/700 ރ )
  2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް:

1-      މުވައްޒަފުންގެ ޙާޟިރީ ހެދުމާއި، ޙާޟިރީ ރިޕޯޓް ހަދައި ބެލެހެއްޓުން.

2-      މުވައްޒަފުންގެ ޖޫރިމަނާ އާއި ގަޑީލާރި ރިޕޯރޓް ތައްޔާރުކޮށް މުސާރަދިނުމަށް ދަތިނުވާނޭހެން ބަޖެޓް ސެކްޝަނަށް ފޮނުވުން.

3-      މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ދިނުމާއި ރެކޯރޑް ބެލެހެއްޓުން.

4-      އަހަރީ ރިޕޯރޓް ލިޔެ މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން.

5-      ހޮސްޕިޓަލަށް ލިބޭ ހުރިހާ ބިލް އެންޓްރީކޮށް ބެލެހެއްޓުމާއި، ސެކްޝަންތަކަށް ޙަވާލުކުރުން.

6-      ހޮސްޕިޓަލުގައި ނީލަންކިޔަންޖެހޭ ތަކެތީގެ ލިސްޓް ސްޓޯރުން ހޯދައި ނީލަންކިޔުމުގެ ކަންތައް ކުރިޔަށް ގެންދިއުން.

7-      ހޮސްޕިޓަލުގެ މުވައްޒަފުންގެ ތެރެއިން ޔުނިފޯރމް ދޭންޖެހޭ މުވައްޒަފުންގެ ޔުނިފޯރމް އެލަވަންސް ދޭންޖެހޭ މުއްދަތުގައި ދިނުން

8-      ހޮސްޕިޓަލަށް ޒިޔާރަތްކުރާ ޓީމްތަކަށް މަރުޙަބާ ދެންނެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

9-      އިދާރީ ގޮތުން ބޭއްވޭ އެންމެހާ ބައްދަލުވުންތައް އިންތިޒާމް ކޮށް ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

10-  ހޮސްޕިޓަލުގެ އިދާރީ މަސައްކަތްތައް ރާވައި އެމަސައްކަތަތައް ކުރުން

11-  ހޮސްޕިޓަލުގެ ލޯންޑްރީ ، ސެކިއުރިޓީ ، ހައުސްކީޕީން ، އައިޓީ ، ސްޓޯރ މަސައްކަތުގައި އުޅުއްވާ މުވައްޒަފުން ސްޕަރވައިޒްކޮށް ބެލެހެއްޓުން އަދި ޑިއުޓީ އުސޫލުން މަސައްކަތްކުރައްވާ މުވައްޒަފުންގެ ޑިއުޓީ ތާވަލް ހަދައި އެޗް އާރ ސިސްޓަމަށް އަޕްޑޭޓްކުރުން.

12-  މުވައްޒަފުންގެ މުސާރައާއި، އެހެނިހެން އެލަވަންސްތައް ދިނުމަށް ބޭނުންވާ ރިޕޯރޓްތައް އެޗް އާރ ސިސްޓަމުގެ ތެރެއިން ތައްޔާރުކޮށް މުސާރަދިނުމަށް ދަތިނުވާނޭހެން ނިންމުން.

13-  އެކިފަރާތްތަކަށް އެޑްމިންގެ ފަރާތުން ފޮނުވަންޖެހޭ ޖަވާބުގެ ސިޓީ/ މެސެޖްފަދަ ލިޔުންތައް ތައްޔާރުކޮށް އެ ތަކެތި  ލިޔުމާއި، ފޮނުވުން.

14-  ހޮސްޕިޓަލުން އަންގަވާ ރަސްމީ މަސައްކަތެއް ކުރުމާއި، ހެލްތް ޕްރްމޯޝަން އެކްޓިވިޓީތަކުގައި އަމަލީގޮތުން ޚަރަކާތްތެރިވެ އުޅުމާއި އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

ތަޢުލީމީ ރޮނގުތައް

 

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ވަޒީފާގެ މަސައްކަތު ދާއިރާތައް

 

އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ ޝަރުޠު:

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މިހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ. )

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  2. ވަޒިފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  3. 4.  ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް    މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވަ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ގަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ . ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.                                   

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިޔޫކޮށްގެން.

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

ވަޒީފާއަށް އެދޭ ފޯރމު މިހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.  މަޤާމަށް  އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅުއްވާނީ 01 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިހޮސްޕިޓަލުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް [email protected] ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ 2019 ސެޕްޓެމްބަރ މަހުތެރޭގައި އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ މި ހޮސްޕިޓަލުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔޫ ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6841970 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

 

                     21  ޛުލްޙިއްޖާ 1440

                     22 އޮގަސްޓް  2019

 

 

 

                                                                     އަހްމަދު ސައީދު

                                                                       މެނޭޖަރ

22 އޮގަސްޓް 2019